04 Dec 2015, 17:00
ދިވެހި ޕްރިމއާ ލީގުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ޓީސީ ސްޕޯޓްސް ކްލަބުގެ ޒުވާން ފޯވަޑް ނާއިޒު ހަސަން (ދާދު) އަކީ ގައުމީ ޓީމުގައި ވަރަށް ތަނަވަސް ކުރިމަގެއް އޮތް ކުޅުންތެރިޔެއް ކަމަށް ގައުމީ ޓީމުގެ ކޯޗު ރިކީ ހާބަޓް ބުނެފިއެވެ.
ވޯލްޑް ކަޕް ކޮލިފައިންގައި ބޫޓާނާއި ގަތަރާ ދޮކަޅަށް ކުޅެން ނެގި ގައުމީ ޓީމުގައި ހިމެނުނު ނާއިޒާ ބެހޭގޮތުން ހާބަޓް ބުނީ ނާއިޒު ގައުމީ ޓީމަށް ނެގީ ޕްރެޒިޑެންޓް ކަޕްގައި ދެއްކި މޮޅު ކުޅުމުގެ ސަބަބުން ކަމަށެވެ.
ކޯޗު ބުނީ ނާއިޒަކީ ކުރިމަގުގައި ކާމިޔާބު ކުޅުންތެރިއަކަށް ވެގެންދާނެ ކަމަށެވެ.
ދިވެހި ޕްރިމިއާ ލިގުގެ މޮޅު ކުޅުންތެރިޔާގެ އެވޯޑު ލިބުމުން ނާއިޒު ބުނީ އެ އެވޯޑުގެ ސަބަބުން އިތުރު ކާމިޔާބީތަކެއް ހޯދަން ހިތްވަރު ލިބިއްޖެ ކަމަށެވެ.
"އެއަށްވުރެ ބޮޑެތި ކާމިޔާބު ހޯދަން ބުރަކޮށް މަސައްކަތް ކުރާނަން،" ނާއިޒު ބުންޏެވެ.
ސާފް ސުޒުކީ ކަޕަށް ނެގި ގައުމީ ސްކޮޑުންވެސް ކޯޗު ހާބަޓް ވަނީ ނާއިޒަށް ފުރުސަތު ދީފައެވެ.