ނޭޝަނަލް މީޓިއޮރޮލޮޖިކަލް ސެންޓަރު (މެޓް) އަށް މޮބައިލް ވާޗުއަލް ޕްރައިވެޓް ނެޓްވޯކް (އެމްވީޕީއެން) ޚިދުމަތް ފޯރުކޮށްދިނުމަށް އެ އިދާރާއާއި އުރީދޫ މޯލްޑިވްސް އާ ދެމެދު އެއްބަސްވުމެއްގައި ސޮއި ކޮށްފިއެވެ.

މިއަދު ވެވުނު އެއްބަސްވުމުގެ ދަށުން އުރީދޫގެ މޯބައިލް ވާޗުއަލް ޕްރައިވެޓް ނެޓްވޯކް ޚިދުމަތް މެދުވެރިކޮށް މިނިސްޓްރީގެ މުވައްޒަފުންގެ މެދުގައި ހިލޭ ކޯލް އަދި އެސްއެމްއެސް ކުރެވޭނެ އެވެ.

އެ ޚިދުމަތަކީ ކުދި އޮފީސްތަކުން ފެށިގެން ބޮޑެތި ކޯޕަރޭޝަންތަކަށް ޚާއްސަކޮށް ފަރުމާކޮށްފައިވާ ގިނަގުނަ ފައިދާ ހިމެނޭ ޕެކޭޖެކެވެ.

ގްރޫޕް ތެރޭގައި ހަތަރު އަދަދުގެ ކުރު އަދަދު ބޭނުންކޮށްގެން ހިލޭ ކޯލް އަދި އެސްއެމްއެސް ކުރެވޭ އުރީދޫގެ އެމްވީޕީއެން ޚިދުމަތަކީ މިހާރުވެސް ސަރުކާރުގެ އެކި މުއައްސަސާތަކުގައި ބޭނުން ކުރަމުން އަންނަ ޚިދުމަތެކެވެ. އެގޮތުން ޕޮލިސް، އެމްއެންޑީއެފް، ޑީޕީއާރުއެސް، ޕީޖީ އޮފީހުގެ އިތުރުން ގިނަ ރިސޯޓުތަކެއްގައި ވެސް އެ ޚިދުމަތް ބޭނުންކުރެ އެވެ.