03 Dec 2015, 14:15
ނުވަ އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް ގަދަކަމުން ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ހދ. ކުޅުދުއްފުށިން މީހަކު ހައްޔަރުކޮށްފި އެވެ.
އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ 57 އަހަރުގެ ފިރިހެނެކެވެ.
ްއެ މީހާ ހައްޔަރުކޮށްފައި ވަނީ އިތުބާރު ކުރެވޭ މަޤާމެއްގައި ހުރެ ތަފާތު އެކި ދުވަސްތައް މަތިން ކުޑަ އަންހެން ކުއްޖަށް ޖިންސީ ގޯނާކުރިކަމަށް ކުޅުދުއްފުށި ޕޮލިސް ސްޓޭޝަނަށް ހުށަހެޅުނު މައްސަލައަކާ ގުޅިގެން މިދިޔަ ހޯމަ ދުވަހު 09:48 ހާއިރު ކޯޓު އަމުރެއްގެ ދަށުން ކަމަށް ފުލުހުން މިއަދު ބުންޏެވެ.
އެ މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓަށް ހާޟިރުކުރުމުން ވަނީ މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުޤީޤު ކުރިއަށް ގެންދިޔުމަށް 15 ދުވަހުގެ މުއްދަތު ޖަހައިފަ އެވެ.