އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ސަނަމް ޕޫރީއާ އެކު ރާއްޖޭގެ މަގުބޫލު ލަވަކިޔުންތެރިޔާ މީރާ މުހައްމަދު މާޖިދު ކިޔާފައިވާ ލަވަ "ޔެ ވާދާ ރަހާ" ޔޫޓިއުބު މެދުވެރިކޮށް އެއްމިލިއަން މީހުން ބަލައިފި އެވެ.

އެ ލަވައަށް އެއްމިލިއަން ވިއުސް ލިބުނުކަން މީރާ ވަނީ އޭނާގެ ފޭސްބުކް ޕޭޖު މެދުވެރިކޮށް ހާމަ އަދި އެއީ އޭނާގެ ލަވައަކަށް އެއްމިލިއަން ވިއުސް ލިބުނު ފުރަތަމަ ފަހަރުކަން ވެސް ފާހަގަކޮށްފައިވެ އެވެ.

ކުރީގެ ހިންދީ ލަވައެއް އަސްލަކަށް ބަލައިގެން ކިޔާފައިވާ އެ ލަވަ ނިމޭ ހިސާބުން ތަރިން ވަނީ ދިވެހި ބަހުން ވެސް ކިޔައިފަބ އެވެ.

"ޔެ ވާދާ ރަހާ"ގެ ދިވެހި ލަވައަކީ "ތީ ތީއެ މަގޭ" އެވެ.

މިދިޔަ ނޮވެމްބަރު 10 ވަނަ ދުވަހު ރިލީޒް ކުރި އެލަވާގައި ދައްކުވައި ދެނީ ރާއްޖޭގެ މަންޒަރުތަކެވެ.

ސަނަމް ބޭންޑުން ރާއްޖޭގައި ދެ ފަހަރެއްގެ މަތިން ޝޯވް ދީފައިވާ އިރު، މީރާ އަށް ވަނީ އެ ދެ ފަހަރު ވެސް ސަނަމް އާ އެކު ލަވަކިއުމުގެ ފުރުޞަތު ވެސް ލިބިފަ އެވެ.