03 Dec 2015, 11:26
ހުސްކޮށް އޮންނަތާ ގިނަ ދުވަސްތަކެއްވެފައިވާ ކޮމިޝަނަރު އޮފް ޕޮލިސް ކަމުގެ މަގާމަށް، ވަގުތީ ގޮތުން އެމަގާމުގައި މިހާރު ވެސް ހުންނެވި، ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް އަހުމަދު އަރީފު އައްޔަން ކޮށްފި އެވެ.
ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމު ހުސްވީ ރިޔާސީ ލޯންޗްކޮޅުގައި އެއްޗެއް ގޮއްވައިލި ހާދިސާ ތަހުގީގު ކުރުމުގެ ތެރޭގައި، ކުރިން ކުރިން އެ މަގާމުގައި ހުންނެވި ޙުސައިން ވަޙީދު އެމަގާމުން ވަކި ކުރެއްވުމުންނެވެ. އެ މަގާމުން ޙުސައިން ވަހީދު ވަކިކުރެއްވީ ކުރީގެ ނައިބު ރައީސް އަޙުމަދު އަދީބު، ފުލުހުންގެ ބައެއް އިސްވެރިން މެދުވެރިކޮށްގެން ފުލުހުންނަށް ނުފޫޒު ފޯރުވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބުދުﷲ ޔާމީނު ވިދާޅުވުމަށް ފަހު އެވެ.
ޙުސައިން ވަހީދު މަގާމުން ވަކިކުރެއްވުމަށް ފަހު ފުލުހުންގެ މުއައްސަސާ ހިންގެވުން ވަގުތީ ގޮތުން ހަވާލުކުރެއްވީ އަރީފުއާ އެވެ.