ބަރުދަން ލުއި ކުރުމަށް ބޮޑެތި ގުރުބާނީތަކެއް ވުމުގެ ބަދަލުގައި ބާޒާރުން ފަސޭހަކަމާ އެކު ލިބެން ހުންނަ މޭވާ އާއި ތަރުކާރީގެ ޖޫސް ބޭނުންކޮށްގެން ވެސް ބަރުދަން ލުއި ކުރެވިދާނެ ކަން އިނގޭ ހެއްޔެވެ؟

އެގޮތުން ގޭގައި ފަސޭހަކަމާ އެކު ތައްޔާރު ކޮށްލެވޭނެ އެފަދަ ބައެއް ޖޫސްތަކަށް ބަލާލާއިރު؛

ލުނބޯ ޖޫސް

ލުނބޯ ޖޫސް

ބަރުދަން ލުއި ކުރުމަށް ވިސްނާ ނަމަ ކޮންމެ ދުވަހެއްގެ ހެނދުނު ހުސް ބަނޑާއި ހުރެ ލުބޯ ޖޫސް ތައްޓެއް ބޯލާށެވެ. ލުނބޯ ޖޫސް ބުއިމުން ހަށިގަނޑުގައި ހުންނަ ބޭކާރު ކުނިބުނި ނުވަތަ "ޓޮކްސިކް މެޓީރިއަލްސް" ބޭރުކޮށްދީ ހަށިގަނޑު ސާފުކޮށްދެ އެވެ. އަދި ބަރުދަން ލުއި ކުރުމަށް ވެސް އެހީތެރި ވެދޭނެ އެވެ.

ކެރެޓު ޖޫސް

ކެރެޓަކީ އޭގައި ގިނަ އަދަދަކަށް ކެލްޝިއަމް، ޕޮޓޭޝިއަމް، މެގްނީޝިަމް އަދި ކެރޮޓީންސް އެކުލެވިގެންވާ ތަރުކާރީއެކެވެ. ހަމައެއާ އެކު ތަފާތު ވައްތަރުތަކުގެ ވިޓަމިން އެކުލެވޭ މި މޭވާ ގައި އެންޓިއޮކްސިޑެންޓް ވެސް ގިނަ އަދަދަކަށް އެކުލެވިގެންވެ އެވެ. އެންޓި އޮކްސިޑެންޓަކީ ބަރުދަން ލުއި ކުރުމަށް އެހީތެރިވެދޭ، ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަކޮށް، އަދި ބަލިތަކުން ހަށިގަނޑު ރައްކާތެރިކޮށްދޭ އެއްޗެކެވެ.

އަންނާރު ޖޫސް

އަންނާރު ޖޫސް

ކުލަ ރީތި އަދި އަނގަޔަށް މީރު އަންނާރުގައި ގިނަ އަދަދަކަށް ފައިބާ އެކުލެވިގެންވެ އެވެ. އަންނާރު ބޭނުން ކުރުމުން ގިނަ އިރު ވަންދެން ބަނޑުހައިހޫނުކަމުގެ އިހުސާސުން ތިމާ ދުރުކޮށްދޭނެ އެވެ. އަދި މި މޭވާ އަކީ ގިނަ އަދަދަކަށް އެންޓި އޮކްސިޑެންޓު އެކުލެވޭ މޭވާއަކަށް ވުމުން، ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަކޮށްދިނުމާ އެކު ބަލިތަކުން ރައްކާތެރިކޮށްދީ ބަރުދަން ވެސް ލުއި ކޮށްދޭނެ އެވެ.

ކަރާ ޖޫސް

ކަރަލަކީ ދިވެހިންގެ ތެރޭގައި ވަރަށް މަގުބޫލު މޭވާއެކެވެ. ހާއްސަކޮށް ރޯދަ މަސް، ކަރަލުގެ މަހެއްގެ ގޮތުގައި ފާހަގަކޮށްލެވެ އެވެ. ކަރަލުގައި 90 ޕަސެންޓަށް ފެން އެކުލެވިގެންވާ އިރު، ހަށިގަނޑަށްް ބޭނުންވާ ވިޓަމިން އަދި މިނަރަލްތައް ވެސް ގިނަ އަދަދަކަށް މި މޭވާގައި އެކުލެވިގެންވެ އެވެ. އެހެންކަމުން ބަރުދަން ލުއި ކުރަން ބޭނުން ނަމަ ކަރާ ޖޫސް ބޭނުން ކުރާށެވެ. އޭރުން ވަރުބަލިކަން އިހުސާސް ވިޔަ ނުދީ ބަރުދަން ލުއި ކޮށްދޭނެ އެވެ.

މައުލޫމާތު: ސްޓައިލް ކްރޭޒް.ކޮމް