03 Dec 2015, 04:34
މާލެ-ހުޅުލެ ބްރިޖުގެ މަސައްކަތަށް ލޮނުޒިޔާރަތްކޮޅު ބަންދުކުރުމުން، އެ ސަރަހައްދާ ގުޅިފައިވާ ބައެއް މަގުތަކުގައި ދެކޮޅަށް ދެއްވޭ ގޮތް ހަދައިފި އެވެ.
މާލެ އިރުދެކުނު ފަރާތު، ލޮނުޒިޔާރަތްކޮޅާ ގުޅިފައިވާ މަގުތަކުގެ ޓްރެފިކް ފުލޯއަށް ގެނައި ބަދަލާ ގުޅޭ ގޮތުން ފުލުހުންގެ ވެބްސައިޓުގައި ބުނެފައި ވަނީ މިއަދު ފެށިގެން މޫން ލައިޓް ހިނގުމުގައި ދެކޮޅަށް ދުއްވޭނެ ކަމަށެވެ. އަދި ބުނެފައި ވަނީ ހިތިގަސްމަގުގެ، މޫންލައިޓްހިނގުމާ ގުޅޭ ހިސާބުން ފެށިގެން އިރަށް، ބޮޑުތަކުރުފާނުމަގާ ހިސާބަށް ދެކޮޅަށް އުޅަނދު ދުއްވޭ ގޮތަށް ހަދާފައިވާ ކަމަށެވެ.
އެ ބަދަލާ ގުޅިގެން އަޑިޕާކު ސަރަހައްދުގެ އުތުރުފަރާތުގައި ޕާކު ކުރާނެ ތަންތަން ފުލުހުން ވަނީ ކަނޑައަޅާފަ އެވެ.
"ޗައިނާ-މޯލްޑިވްސް ޕްރެންޑްޝިޕް" ޕްރިޖުގެ މަސައްކަތަށް ލޮނުޒިޔާރަތްކޮޅު ބަންދުކޮށްފައި ވަނީ މިދިޔަ އަންގާރަ ދުވަހު އެވެ. ދެން އެ ސަރަހައްދު ހުޅުވާނީ 200 މިލިއަން ޑޮލަރުގެ ހަރަދުކޮށްގެން ހަދާ ބްރިޖުގެ މަސައްކަތް 2018 ވަނަ އަހަރު ނިމުމުންނެވެ. އެހެންކަމުން ދެ އަހަރަށް ވުރެ ގިނަ ދުވަހަށް ލޮނުޒިޔާރަތްކޮޅު ސަރަހައްދު ބަންދުވާނެ އެވެ.