02 Dec 2015, 21:17
ހައުސިން މިނިސްޓްރީއަށް އިތުރު ކޯޑިނޭޓަރަކު ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވައިފި އެވެ.
ހައުސިން މިނިސްޓްރީގެ ކޯޑިނޭޓަރުގެ މަގާމު ދެއްވާފައި ވަނީ ގއ. ވިލިނގިލީ އަލިތަރި ޝަހީބު އިބްރާހިމެވެ. ޝަހީބު މިރޭ "ސަން"އަށް ވިދާޅުވީ އޭނާ އެ މަގާމަށް އައްޔަން ކުރައްވާފައި ވަނީ މިއަދު ކަމަށެވެ.
ސިޔާސީ މަގާމެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ ކޯޑިނޭޓަރުގެ މަގާމުގައި ހައުސިން މިނިސްޓްރީގައި 12 ބޭފުޅަކު ތިއްބަވަ އެވެ. ޝަހީބާ އެކު ހައުސިން މިނިސްޓްރީގެ ކޯޑިނޭޓަރުންގެ އަދަދު 13 އަށް ވަނީ އަރާފަ އެވެ.