ސްޕެނިޝް ލީގްގެ ވެލެންސިއާގެ ކޯޗްކަމަށް މެންޗެސްޓަ ޔުނައިޓަޑްގެ ކުރީގެ ޑިފެންޑާ ގެރީ ނެވިލް ހަމަޖައްސިއިރު އެޓީމުގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރަނީ އޭނާގެ ކޮއްކޮ ފިލް ނެވިލް އެވެ.

މިއީ ސްޕެއިންގެ ފުޓްބޯޅައިގެ ތާރީޚުގައި އެއްބަނޑު އެއްބަފާ ދެބެން ކޯޗުންގެ ގޮތުގައި މަސަކަތް ކުރާ ފަރަތަމަ ފަހަރެވެ.

ގެރީ އާއި ފިލްއަކީ އިނގިރޭސި ފުޓްބޯޅަ ތާރީހުގައި ބިދޭސީ ޓީމަކަށް ކޯޗްކޮށްދޭ އެއްބަނޑު އެއްބަފާ ފުރަތަމަ ދެބެންނެވެ.

ވެލެންސިއާގެ ކޯޗްކަން ގެރީ ނެވިލް ހަމަޖެއްސީ މިދިޔަ އަހަރު ޖުލައި މަހު އެޓީމުގެ ކޯޗްކަމާ ހަވާލުވި ނޫނޯ އެސްޕިރޭޓޯ ސަންޓޯ މިދިޔަ އާދިއްތަ ދުވަހުރޭ 1-0 ގެ ނަތީޖައަކުން ސެވިއްޔާ އަތުން ބަލިވި މެޗަށްފަހު އިސްތިއުފާ ދިނުމުންނެވެ.

މިވަގުތު ވެލެންސިއާގެ ފަރިތަ ކުރުންތައް ކުރިއަށް ގެންދަނީ މިހާރުވެސް ފިލް ނެވިލްގެ އިރުޝާދުގެ ދަށުންނެވެ.

ފިލް ވެސް ވަނީ އޭނާގެ ކެރިއާގައި މެންޔޫއަށް ކުޅެފައެވެ.

ފިލް ވެލެންސިއާގެ އެސިސްޓެންޓް ކޯޗް ކަމާ ހަވާލުވީ މިއަހަރުގެ ޖުލައި މަހުއެވެ.

ވެލެންސިއާއިން ވަނި އެ ޓީމުގެ ކޯޗްކަން ބާސެލޯނާގެ ކުރި ކޯޗް ފްރޭންކް ރައިކާޑަށް ހުށަހަޅާފައެވެ.

ވެލެންސިއަގެ ކޯޗްކަން ގެރީ ނެވިލްއަށް ހުށަހެޅީ ރައިކާޑަށް ވެލެންސިއާއިން ހުށަހެޅުމުން އޭނާ އެ ހުށަހެޅުމަށް ނޫނޭކެ ބުނުމުންނެވެ.

ވެލްސިއާގެ ކޯޗްކަމަށް ގެންނަން މަސައްކަތް ކުރި ކޯޗުންގެ ލިސްޓްގައި ރައިކާޑްގެ ނެވިލްގެ ނަމެއް ފުރަތަމަ ހިމެނިފައެއް ނުވެއެވެ. ރައިކާޑް ހުށހެޅުން ގަބޫލު ނުކޮށްފިނަމަ އެޓީމުން ދެން ގެންނަން މަސައްކަތް ކުރި ކޯޗަކީ ސްވަންސީ ސިޓީގެ ކުރިގެ ކޯޗް މައިކަލް ލައުޑޮރޮޕް އެވެ.

ދެހާސް ބާރަ ވަނަ އަހަރުން ފެށިގެން އިނގިރޭސި ގައުމީ ޓީމުގެ އެސިސްޓޭންޓް ކޯޗްކަން ކުރަމުން އައި ގެރީ ނެވިލްއާއެކު ވެލެންއިއާއިން ކޮންޓްރެކްޓް ހަދާފައި ވަނީ އަންނަ އަހަރުގެ ޖޫން މަހުގެ 30 ވަނަ ދުވަހާ ހަމަޔަށެވެ.

ވެލެންސިއާގެ ޓީމާ ގެރީ ހަވާލުވާނީ އަންނަ އަދީއްތަ ދުވަހުއެވެ.