02 Dec 2015, 20:04
ވަކި ކަހަލަ ހުނަރުތަކަކަށް މުވައްޒަފުން ތަމްރީނު ކުރުމަށް ބާއްވާ ސިވިލް ސާވިސްގެ ފުރަތަަމަ އެންޓްރެންސް އިމްތިހާނު މިއަދު ބާއްވައިފި އެވެ.
ދިވެހި ސިވިލް ސަރވިސްގައި މަސައްކަތް ކުރާ މުވައްޒަފުންގެ ތެރެއިން ސަޕޯޓް ސްޓާފް ލެވެލް އިން ފެށިގެން އެގްޒެކެޓިވް ލެވެލްއާ ދޭތެރޭގައި މަސައްކަތްކުރާ ކޮންމެ މީހެއްގެ ކިބައިގައި ވަކި ކަހަލަ ހުނަރެއް ހުރުމަކީ މުހިންމު ކަމެއް ކަމަށް ސިވިލް ސާވިސް ކޮމިޝަނުން ވަނީ ބުނެފަ އެވެ.
މިއަދު ބޭއްވި އެ އިމްތިހާނަކީ ޤާބިލުކަން ހޯދައި ދިނުމަށް މަގުފަހިކުރުމުގެ ގޮތުން އެކުލަވާލާފައިވާ މުގައްރަރެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ އިމްތިހާނެއް ކަމަށް ސީއެސްސީން ބުންޏެވެ. ކުރި މަގުގައި ވަޒީފާތަކަށް އިންޓަވިއު ކުރާއިރު ވެސް އެ އިމްތިހާނު ހަދާފައިވާ މީހުންނަށް ވަކިން މާކްސް ދޭ ގޮތަށް ކޮމިޝަނުން ވަނީ ނިންމާފަ އެވެ.
ޖުމްލަ 144 ހަތަރު ފަރާތަކުން މިއަދުގެ އިމްތިހާނުގައި ބައިވެރިވެފައިވާއިރު މިއަދު އިމްތިހާނު ބާއްވާފައި ވަނީ އައްޑުއާ ފުވައްމުލައް އަދި މާލޭގަ އެވެ.
ކޮންމެ އަހަރަކު އެއްފަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އެ އިމްތިހާނު ފުރިހަމަކުރާ ފަރާތްތަކަށް ސިވިލް ސަރވިސްއަށް ވަނުމަށް ދޭ އިތުރު ޕްއިންޓް ދިނުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށް އެތަނުން ބުންޏެވެ.