ހޮލީވުޑްގެ މަޝްހޫރު ދެ ތަރިން ކަމަށްވާ ކެވިން ހާޓު އަދި ކްރިސްޓޮފާ ބްރިއަން (ލުޑަކްރިސް) ޗުއްޓީ ހޭދަ ކުރުމަށް ރާއްޖެ އަތުވެއްޖެ އެވެ.

މި ދެތަރިން ވަނީ އެމީހުން ރާއްޖޭގައި ނަގާފައިވަ ފޮޓޯތަކާއި އަދި ރާއްޖޭގެ ރީތިކަން ދައްކުވައިދޭ ފޮޓޯތައް އިންސްޓާ ގްރާމްކޮށްފަ އެވެ.

އެގޮތުން ކެވިން ވަނީ އޭނާ ރާއްޖޭގައި ޗުއްޓީ ހޭދަކުރާ ރިސޯޓުގެ ސުވިމިންގް ޕޫލެއް ކައިރީގައި ނަގާފައިވާ ފޮޓޯއެއް އިންސްޓާގްރާމް ކޮށްފަ އެވެ.

އަދި ލުޑަކްރިސް ވަނީ، އޭނާ ރާއްޖޭގައި ނަގާފައިވާ ފޮޓޯތަކާއި، ރާއްޖޭގެ ރީތިކަން ދައްކުވައިދޭ ފޮޓޯތައް އިންސްޓާ ގްރާމް ކޮށްފަ އެވެ.

އެ ދެ ތަރިން ޗުއްޓީ ހޭދަ ކުރަނީ ރާއްޖޭގެ ކޮން ރިސޯޓެއްގައި ކަމެއް ސާފުވެފައި ނުވާ އިރު، ރާއްޖެ އިން ފުރާނެ ދުވަހެއް ވެސް އަދި ސާފެއް ނުވެ އެވެ.

ކެވިން އަކީ އެކްޓަރެއްގެ އިތުރުން ކޮމީޑިއަން އެކެވެ. ލުޑަކްރިސް އަކީ އެކްޓަރެއްގެ އިތުރުން ރެޕަރެކެވެ. އޭނާ ކުޅެފައިވާ ބައެއް ފިމުތަކުގެ ތެރޭގައި ބެލުންތެރިންގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ ފާސްޓް އެންޑް ފިއުރިއަސް ފިލްމުތައް ހިމެނެ އެވެ.