ދެބެއިންގެ ދެމެދުގައި އުފެދުނު ޒުވާބަކާ ގުޅިގެން މާލޭގެ ގެއެއްގައި މާރާމާރީ ހިންގައި ފަސް މީހަކު ހައްޔަރުކޮށްފި އެވެ.

ސަން އަށް އެނގިފައިވާގޮތުގައި އެ ހާދިސާ ހިނގާފައި ވަނީ ހ. ތިމާވެށީގައެވެ.

ފުލުހުން މިއަދު ބުނީ އެ މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ ރޭ ފަތިހު 5:05 އެހައިކަންހާއިރު ކަމަށެވެ.

އެ މައްސަލާގައި ހައްޔަރު ކުރި ފަސް މީހުންނަކީ ދިވެހި ފިރިހެނުން ކަމަށާއި އެ މާރާމާރީގައި އެކަކަށް އަނިޔާވެފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ ގެ ބަލައި ފާސްކުރިއިރު ނުކަނޑާހުރި 24 ބަނގުރާ ފުޅިއާއި ދެ ތަށި ބަނގުރާ ފެނިފައިވާ ކަމަށެވެ.

މީގެކުރިން ވެސް ފުލުހުން ވަނީ ހ. ތިމާވެށި ގެއިން މަސްތުވާތަކެއްޗާ އެކު ބަޔަކު ހައްޔަރުކޮށްފަ އެވެ.