މިމަހު 14 އިން 20 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ އޭޝިއަން ޔޫތު ނެޓުބޯޅަ ޗެމްޕިއަންޝިޕްގައި އެންމެ ފަހުގެ ޗެމްޕިއަން މެލޭޝިއާ އާއި ޖަޕާނާ އެއް ގުރޫޕެއްގައި ރާއްޖޭގެ ޓީމު ލައްވައިލައިފިއެވެ.

އެ ދެޓީމާއެކު ގުރޫޕް 'އޭ" އަށް ރާއްޖެ ލައްވާލިއިރު މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލު ކުރަނީވެސް ރާއްޖެ އާއި މެލޭޝިއާއެވެ.

މިމަހުގެ 15 ވަނަ ދުވަހު ޖަޕާނާ ދެކޮޅަށް ރާއްޖެ ކުޅުމަށް ވަނީ ހަމަޖެހިފައެވެ.

ހަތަރު ގުރޫޕަށް ބަހާލާފައިވާ އެ މުބާރާތުގެ ދެ ވަނަ ބުރައްދާނީ ކޮންމެ ގުރޫޕަކުންވެސް އެންމެ ގިނަ ޕޮއިންޓު ހޯދާ ދެޓީމެވެ.

އެ މުބާރާތުގައި 34 މެޗު ކުޅޭގޮތަށް ވަނީ ހަމަޖެހިފައެވެ.

ރާއްޖޭގެ 21 އަހަރުން ދަށުގެ ނެޓުބޯޅަ ޓީމު އެކުލަވާލައި އެމުބާރާތަށް ތައްޔާރުވުމަށް ރާއްޖޭގެ ޓީމުން ވަނީ ފަރިތަކުރުންތައް ފަށައިފަ އެވެ.

މިއީ ނެޓުބޯޅަ އެސޯސިއޭޝަންގެ އާ ބޯޑު އިންތިޚާބުވި ފަހުން ރާއްޖޭގެ ނެޓްބޯލްގެ ޒުވާން ޓީމެެއް ބައިނަލްއަގްވާމީ މުބާރާތެއްގައި ބައިވެރިވާ ފުރަތަމަ ފަހަރެވެ.