ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑު މުހައްމަދު ނާޒިމް 11 އަހަރަށް ޖަލަށްލުމަށް ކުރި ހުކުމްގެ އިސްތިއުނާފު އަޑުއެހުމެއް މާދަމާ އަށް ތާވަލްކޮށްފި އެވެ.

ނާޒިމްގެ ގާނޫނީ ވަކީލު ހުސްނުއް ސުއޫދު ވަނީ ސަން އަށް އެކަން ކަށަވަރުކޮށްދެއްވައިފަ އެވެ. ނަމަވެސް މައްސަލަ ތާވަލްކުރީ ކިހާއިރަކަށް ކަމެއް އަދި ސާފެއް ނުވެއެވެ.

ކާނަލް ނާޒިމް 11 އަހަރަށް ޖަލަށްލުމަށް ހުކުމް ކުރީ އޭނާ ދިރިއުޅުއްވި އެޕާޓްމަންޓުން ފިސްތޯލައެއް ފެނުނު ކަމަށް ފުލުހުން ހެކިބަސްދީފައިވާތީ އެވެ.

ކާނަލް ނާޒިމްގެ އާއިލާއިން ބުނީ ކާނަލް ނާޒިމް ވަނީ ފްރޭމްކޮށްފައި ކަމަށާއި ކްރިމިނަލް ކޯޓުގައި ނާޒިމަށް ދިފާއުވިމުގެ ފުރުސަތު އެކަށީގެންވާގޮތުގައި ދީފައިނުވާ ކަމަށެވެ.