ހައިކޯޓު ދެކުނު ގޮފީގެ މަސައްކަތް ފެށުމަށް އެގޮތްޕަށް ކަނޑައަޅާފައިވާ ތިން ފަނޑިޔާރުން އައްޑުއަށް ހިނގައްޖެ އެވެ.

ހައިކޯޓު ދެކުނު ގޮތްޕަށް ހަމަޖައްސަވާފައިވާ ތިން ފަނޑިޔާރުންނަކީ، ފަނޑިޔާރު އަލްއުސްތާޛް ޢަބްދުލްޣަނީ މުޙައްމަދާއި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އަދި ފަނޑިޔާރު އަލްއުސްތާޛު ޝުޢައިބު ޙުސައިން ޒަކަރިއްޔާ އެވެ.

ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ބުނީ ހައިކޯޓް ދެކުނު ގޮފި ގާއިމުކޮށްފައި ވަނީ އައްޑޫ ސިޓީގެ ހުޅުމީދޫގައި ހުންނަ އެސްޓީއޯ އޮފީހުގެ ފުރަތަމަ ފަންގިފިލާގައި ކަމަށެވެ. އަދި އެ ގޮފީގެ އިދާރީ އިންތިޒާމްތައް މިހާރު ވަނީ ހަމަޖެހިފައިވާ ކަމަށް ވެސް ޑީޖޭއޭ އިން ބުންޏެވެ.

އެގޮތުން އެ ގޮފީގައި ޝަރީޢަތް ކުރާ މާލަމަކާއި ފަނޑިޔާރުން މަސައްކަތް ކުރައްވާ ތިން ކޮޓަރިކޮޅާއި ރެޖިސްޓްރާ އަށް ޚާއްޞަ ކުރެވިފައިވާ ކޮޓަރިކޮޅަކާއި ކޯޓު އެޑްމިނިސްޓްރޭޓަރަށް ޚާއްޞަ ކުރެވިފައިވާ ކޮޓަރިއެއް ހުންނާނެ ކަމަށް ޑީޖޭއޭ އިން ބުންޏެވެ.

ފަނޑިޔާރުން އައްޑޫގައި ތިބުމުގެ އިންތިޒާމު ޑީޖޭ އިން ހަމަޖައްސާފައިވާ ކަމަށް އެފަރާތުން ވަނީ ބުނެފަ އެވެ. އެގޮތުން ކޮންމެ ފަނޑިޔާރަކަށް ހާއްސަ ގެކޮޅެއް އައްޑޫ ސިޓީގައި ހުއްނާނެ ކަމަށް ބުންޏެވެ.