ހދ. މަކުނުދު އަށް ކުށްވެރިން އަރުވާނުލުމަށް އެ ރަށު ކައުންސިލުން ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކަށް އިލްތިމާސްކޮށް ގޮވައިލައިފި އެވެ.

މަކުނުދޫ ރަށު ކައުންސިލުން ބުނީ މަކުނުދުއަކީ ހަމައެކަނި ކުށްކޮށްފައިތިބޭ މީހުން އަރުވާލަން އޮންނަ ރަށެއް ނޫން ކަމަށާއި އަދި އެ ރަށް ކުށްކުރާ ރަށެއްގައި ގޮތުގައި"ލޭބަލް" ވާން ބޭނުންނުވާ ކަމަށެވެ. އެގޮތުން އިތުރު ކުށްވެރިން އެ ރަށަށް އަރުވާނުލުމަށް ހޯމް މިނިސްޓްރީ އާއި ޑީޕީއާރުއެސްގައި އެދިފައިވާނެ ކަމަށް ވެސް އެ ރަށު ކައުންސިލުން ބުންޏެވެ.

ލޯކަލް ކައުންސިލް އިންތިހާބަށް ފަހު އަދި ރަށު އޮފީސް ކައުންސިލާ ހަވާލުވި ފަހުން ވެސް ދެ މީހަކު ވަނީ އެ ރަށަށް އަރުވާލައިފަ އެވެ.

އެ ރަށު ކައުންސިލުން ބުނީ މަކުނުދޫގައި ހަތަރު ފިރިހެނަކު ބަކަރިއަކާ އެކު ޖިންސީ ގުޅުން ހިންގި ކަމަށް ބުނާ މައްސަލަ ފެންމަތި ވުމާ ގުޅިގެން އެ ރަށާ ދޭތެރޭ މީހުން ދެކޭ ގޮތް ތަފާތުވެ، ވަރަށް ބޮޑަށް މީހުންގެ މަލާމާތް ކުށްނުކުރާ މީހުންނަށް ވެސް ރަށްދުވެފައިވާ ކަމަށެވެ. އަދި މަޖަލަކަށް ހަދައިގެން މީޑިއާގެ ބައެއް ޕްރޮގްރާމްތަކުގައި އެ ރަށް ބަދުނާމުވާ ގޮތަށް ވާހަކަ ދައްކަމުންދާ ކަމަށް ބުނެ ރަށު ކައުންސިލުން ވަނީ އެކަން ވަރަށް ބޮޑަށް ކުށްވެރިކޮށްފަ އެވެ.

މަކުނޫދު އަށް ދިޔަ އެ އަތޮޅު ނޭކުރަންދޫ ތިން މީހަކާއި މަކުނުދޫ މީހަކުވެގެން އެ ރަށުގައި އޮތް ބަކަރިއަކާ އެކު ޖިންސީ ގުޅުން ހިންގި ކަމުގެ މައްސަލައެއް ފުލުހުން ވަނީ ތަހުގީގު ކުރަން ފަށައިފަ އެވެ. ނަމަވެސް އެ މައްސަލަ އާ ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރު ކޮށްފައެއްނުވެ އެވެ.