ޖަނަވަރީ މަގުގައި އޮތް ޕިކަޕެއްގައި ރޯވެއްޖެ އެވެ.

އެމްއެންޑީއެފް އިން ބުނީ އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށެވެ.

ޕިކަޕުގައި ހުރީ ކޮން އެއްޗިއްސެއް ކަމެއް އަދި ސާފުވާ ގޮތް ވެފައިނުވާ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ. އަދި އެ ހާދިސާގައި ޕިކަޕަށް މާ ބޮޑު ގެއްލުމެއް ނުވާ ކަމަށާއި އަލިފާން ގަނޑު މިހާރު ނިއްވާލެވިފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.