01 Dec 2015, 02:08
ފައިނަލްގައި ދިވެހި ސިފައިންގެ ކުލަބުގެ މައްޗަށް ސީދާ ތިން ސެޓުން ކާމިޔާބު ހޯދައިގެން ގައުމީ ވޮޅީބޯޅަ ލީގުގެ ޗެމްޕިއަން ޕޮލިސް ކުލަބު ހޯދައިފި އެވެ.
ސޯޝަލް ސެންޓަރުގެ އިންޑޯ ކޯޓުގައި މިރޭ ކުޅުނު ފައިނަލް މެޗްގެ ފުރަތަމަ ސެޓް ޕޮލިހުން ކާމިޔާބު ކުރީ 25-18 އިންނެވެ.
ދެ ވަނަ ސެޓާއި ތިން ވަނަ ސެޓް ވަރަށް ވާދަވެރިކޮށް ދިޔައިރު ދެ ވަނަ ސެޓް ކާމިޔާބު ކުރީ 25-21 ންނެވެ. އަދި ތިން ވަނަ ސެޓް ކާމިޔާބު ކުރީ 27-25 ންނެވެ.
ފައިނަލް މެޗްގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައި ވާނީ ޕޮލިސްގެ އިޝާން މުޙައްމަދެވެ.
މުބާރާތުގެ އެންމެ މޮޅު ސެޓަރަކަށް ވެސް ހޮވިފައިވަނީ ވެސް އިޝާނެވެ.
މުބާރާތުގެ އެންމެ މޮޅު އެޓޭކަރަކަށް ހޮވިފައި ވަނީ ޕޮލިސްގެ މުޙައްމަދު ޝާއިންއެވެ.
ދެ ވަނަ އަށް އެންމެ މޮޅު އެޓޭކަރަކަށް ހޮވިފައި ވަނީ ސިފައިންގެ އަޙްމަދު ޢަބްދުލް ކަރީމް (ލޯންގޭ) އެވެ.
މުބާރާތުގެ އެންމެ މޮލު މިޑްލް ބްލޮކާއަކަށް ހޮވިފައިވަނީ ޕޮލިސްގެ މުޙައްމަދު އަހްސަންއެވެ. ދެ ވަނައަށް އެންމެ މޮޅު ބްލޮކަރަކަށް ހޮވިފައިވަނީ ޕޮލިސްގެ ޙަސަން ނިލާމްއެވެ.
އެންމެ މޮލު ލިބަރޯއަކަށް ހޮވިފައިވާނީ ޕޮލިސްގެ ލިބަރޯ އަޙްމަދު ނަބީލްއެވެ.
ބެސްޓް އޯލް ރައުންޑް ކުޅުންތެރިޔަކަށް ހޮވިފައިވަނި މޯލްޑިވްސް ރެކްރިއޭޝަން ކުލަބުގެ އިސްމާއިލް ސާޖިދު އެވެ.
ފެއާ ޕްލޭ ކުޅުންތެރިޔަކީ ސިފައިންގެ ޢަލީ ހުޒާމެވެ.