އިިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ޗެލްސީއާ ޓޮޓެންހަމް ކުޅުނު މެޗް ލަނޑެއް ނުޖެހި އެއްވަރުވިއިރު އާސެނަލް އާއި ނޯވިޗް ސިޓީ ކުޅުނު މެޗް 1-1 ގެ ނަތީޖާއަކުން އެއްވަރުވެ 1-0 ގެ ނަތީޖައަކުން ސްވަންސީގެ މައްޗަށް ލިވަޕޫލްއިން ކާމިޔާބު ހޯދައިފި އެވެ.

މަޝްހޫރު ލަނޑަން ޑާބީގެ ކުރިމަތިލުމުގެ ގޮތުގައި ބެލެވޭ ޓޮޓެންހަމްއާ ޗެލްސީ ގެ ކުރިމަތިލުން ޓޮޓަންހަމްގެ ދަނޑުގައި ކުޅުނު މެޗަށް ޗެލްސީގެ ކޯޗް ހޯސޭ މޮރިނިއޯ ނުކުތީ ޑިއޭގޯ ކޯސްޓަ ބެންޗްގައި ބަހައްޓައިގެންނެވެ.

އަދި ސްޓައިކަރެއްގެ ރޯލް މޮރީނިއޯ ހަވާލުކޮށްފައިވަނީ ބެލްޖިއަމްގެ އެޑިން ހެޒާޑަށެވެ.

ޓޯޓަންހަމްއާއި ޗެލްސީ ބައްދަލު ކުރި މެޗްގައިޗެލްސީގެ އެޑިން ހެޒާޑް (ކ) ބޮޅަ ހިފައިގެން ދާއިރު އޭނާ އަތުން ބޯޅަ ހޯދުމަށް ޓޮޓަންހަމްގެ ކްރިސްޓިއަން އެރިކްސަން (ވ) ދަނީ --- އޭޕީ ފޮޓޯ/ ޓިމް އައިލެންޑް

މެޗްގައި ޗެލްސީއަށް ލިބުނު އެންމެ ރަނގަޅު ފުރުސަތު ލިބިފައިވަނީވެސް ހަޒާޑަށެވެ. އޭނާ ބޮލުން ގޯލް ތެރެއަށް އޮހޭ ގޮތަށް ފޮނުވާލި ބޮޅަ ޓޮޓަންހަމްގެ ކީޕަރު ހޫގޯ ލޮރިސް ވަނީ ހުށިޔާރު ކަމާއެކު ސޭވްކޮށްފައެވެ.

ޓޯޓަންހަމަށް ލިބުނު އެންމެ ރަނގަޅު ފުރުސަތު ލިބުނީ ދެކުނު ކޮރެއާގެ ގައުމީ ޓީމްގެ ސެން ހެންގް މިންއަށެވެ. ބޮލުން ފޮނުވަލި ބޯޅަ ޗެލްސީގެ ކީޕަރު އެސަމީރު ބެގޮވިޗް ވަނީ ދިފާއުކޮށްފައެވެ.

ޓޯޓަންހަމްއާއި ޗެލްސީ ބައްދަލު ކުރި މެޗްގައި ޓޮޓަންހަމްގެ ސެން ހެންގް މިން ފޮނުވާލީ ބޯޅަ ޗެލްސީގެ ކީޕަރު އެސަމީރު ބެގޮވިޗް އެބޮޅަ ހިފަނީ --- އޭޕީ ފޮޓޯ/ ޓިމް އައިލެންޑް

މެޗުން މޮޅުވެގެން ޓޮޓެންހަމްއަށް ހަތަރު ވަނައަށް އެރެން އޮތް ނަމަވެސް ލިބުނު އެއް ޕޮއިންޓާއެކު ތާވްލްގެ ފަސް ވަނައިގައެވެ.

ޗެލްސީ އޮތީ 15 ޕޮއޮންޓާއެކު ތާވަލްގެ 14 ވަނައިގައެވެ.

ނޯވިޗް ސިޓީގެ ދަނޑު 'ކެރޯ ރޯޑް' ގައި އެޓީމާ ދެކޮޅަށް އާސެނަލް ކުޅުނު މެޗްގައި ފުރަތަމަ ލީޑް ނެގީ އާސެނަލްއިންނެވެ.

އާސެނަލްއާ ނޯވިޗް ސިތީ ބައްދަލު ކުރި މެޗްގައި ނޯވިޗްގެ މާޓިން އޮލްސަން (ކ) ބޯޅަ ހިފައިގެން ދާއިރު އޭނާ އަތުން ބޯޅަ ހޯދުމަށް

އެގޮތުން މެޗްގެ 30 ވަނަ މިނެޓްގައި އާސެނަލްއަށް ލީޑް ނަގައިދިނީ މެސްޓް އޮޒިލްއެވެ.

ނަމަވެސް ފުރަތަމަ ހާފް ނިމުމުގެ ކުރިން ލެވިސް ގްރެބަން ވަނީ ނޯވިޗަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ.

މެޗްގައި އާސެނަލްގެ ބަދަލުތައް ގެންނަން ޖެހުނީ އެޓީމުގެ ބައެއް ކުޅުންތެރިންނަށް ކުރިމަތިވި އިންޖަރީއާ ގުޅިގެންނެވެ. އެގޮތުން ފްރާންސްގެ ޑިފެންޑަރު ލޯރެންޓް ކޮސިއަލްނީއާއި އެލެކްސް ސަންޗޭޒް ބަދަލު ކުރަން ޖެހުނީ އެކުޅުންތެރިންނަށް ކުރިމަތިވި އިންޖަރީއާ ގުޅިގެންނެވެ.

މެޗުން އެއް ވަރު ލިބުނު ޕޮއިންޓާއެކު އާސެނަލް އަދިވެސް އޮތީ ތަވާލުގެ ހަތަރު ވަނައިގައެވެ. އެޓީމަށް ލިބިފައިވަނީ 27 ޕޮއިންޓެވެ. ނޯވިޗް އޮތީ 13 ޕޮއިންޓާއެކު ތާވަލްގެ 16 ވަނައިގައެވެ.

އަމިއްލަ ދަނޑުގައި ކުޅުނު ލިވަޕޫލަށް ނަތީޖާ ނެރެދިނީ އެޓީމަށް ލިބުނު ޕެނަލްޓީގައި ޖޭމްސް މިލްނާއެވެ.

ލިވަޕޫލްއަށް ލިބުނު ޕެނަލްޓީ ޖޭމްސް މިލްނާ ފޮނުވާލަނީ --- އޭޕީ ފޮޓޯ/ ޖޯން ސްޕާ

މިމެޗް ބަލާލުމަށް ލިވަޕޫލްގެ ކޫރީގެ ކެޕްޓަން މިހާރު އެމެރިކަގެ މޭޖާ ލީގްގެ އެލްއޭ ގެލްކްސީއަށް ކުޅެމުން ގެންދާ ސްޓީވަން ޖެރާޑް ވަނީ އެންފީލްޑަށް އައިސް މެޗް ބަލާފައެވެ.

މިމެޗުން މޮޅުވެގެން ލިބުނު ތިން ޕޮއޮއިންޓާއެކު އެއް ވަނައިގައި އޮތް މެންޗެސްޓާ ސިޓީއާ ލިވަޕޫލާ ދެމެދު އޮތީ ހަތަރު ޕޮއިންޓްގެ ފަރަގެވެ.

ލިވަޕޫލް އޮތީ 23 ޕޮއިންޓައެކު ތާވަލުގެ ހަ ވަނައިގައެވެ. ސްވަންސީ އޮތީ 14 ޕޮއިންޓާއެކު ތާވަލްގެ 15 ވަނައިގައެވެ.