ބިދޭސީއެއްގެ ގަޔަށް ވަޅި ހަރައި ވަރަށް ބޮޑަށް ޒަހަމްކޮށްލައިފި އެވެ.

އާޓިފިޝަލް ބީޗް ސަހަރަހައްދުގައި މިއަދު 11:00 ޖަހާއެހާކަންހާއިރު ދިން އެ ހަމަލާއަށް ފަހު އެ ބިދޭސީ މީހާ އަށް މިހާރު އަންނަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ. ނަމަވެސް އެމީހާ އަށް ލިބިފައިވާ އަނިޔާގެ ތަފުސީލެއް އަދި ނުލިބެ އެވެ. ނަމަވެސް އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް މިއަދު ވިދާޅުވީ ބިދޭސީ މީހާއަށް ފަރުވާ ދެމުން އަންނަނި އިމަޖެންސީގައި ކަމަށެވެ.

މަންޒަރު ދުއް މީހަކު ސަން އަށް މަޢުލޫމާތު ދެމުން ބުނީ ހުދު ކުލައިގެ ގަމީހެއް ލައި، އައިނެއް އަޅާފައި ހުރި އެމީހާ އަށް ހަމަލާދީފައި ވަނީ ޕޭމަންޓް މަތިން ކޮތަޅެއް ހިފައިގެން ދަނިކޮށް ސައިކަލެއްގައި ދިޔަ ދެ މީހަކު ވެގެން ކަމަށެވެ. އެ މީހާ އަތުގައި އޮތް ކޮތަޅުގައި ހުރީ އިލެކްޓްރޯނިކް ސާމާނުތަކެއް ކަމަށް ވެސް އެމީހާ ބުންޏެވެ.

އޭނާ ބުނީ، ބިދޭސީ މީހާގެ ބުރައްކަށްޓަށް ވަޅި ހެރި ވަގުތު މަގުމަތީގައި ވެސް ފުދޭ ވަރަކަށް މީހުން ހިނގާބިގާވެ އުޅުނު ކަމަށާއި ބިދޭސީ މީހާގެ ބުރަކަށީގެ ދެ ތަނަކަށް ވަޅި ޖެހި ކަމަށެވެ.

"ވަޅި ހަރާލުމުން ވަރަށް ބައިވަރު ލޭ މަގުމައްޗަށް އެޅިފައި ހުރި،" އޭނާ ބުންޏެވެ.