07 Apr 2011, 11:37
ދެ ވައްކަމެއްގެ ތުހުމަތުގައި ލ. މާބައިދޫން ފަސް މީހަކު ހައްޔަރު ކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ރޭ މާބައިދޫން ހައްޔަރު ކުރި ފަސް މީހުންނަކީ އެ ރަށުގައި ހިނގި ދެ ވައްކަމެއްގެ ތުހުމަތުގައި ހައްޔަރު ކުރި ބައެއް ކަމަށެވެ. އަދި އެކަމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ.
މީގެ ތިން ހަފްތާ ކުރިން ވަނީ މާބައިދޫ ރަށު ކައުންސިލް އޮފީހުގެ ތިޖޫރީ ފަޅާލައި ފައިސާތަކެއް ވަގަށް ނެގި މައްސަލަ އެއްގައި ވެސް މީހަކު ހައްޔަރު ކޮށްފަ އެވެ. ނަމަވެސް ހައްޔަރު ކުރި މީހާ ކޯޓުން ވަނީ ދޫކޮށްލާފަ އެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި އެ ފަހަރު ތިޖޫރީ ފަޅާލައިގެން ހައްޔަރު ކުރި މީހަކީ ތިން އަހަރު ދުވަހުގެ ޖަލު ހުކުމެއްގައި ހުއްޓައި އެ ތިން އަހަރު ރައީސް މާފު ކޮށްދެއްވައިފައިވާ މީހެކެވެ. އަދި އޭނާ އަކީ މީގެ ކުރިން ވެސް އެ ރަށު އޮފީހުގެ ތިޖޫރީ ފަޅާލި ކަމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވާ މީހެކެވެ.