ކ. އަތޮޅު ހެލެނގެލި ރިސޯޓް ކައިރިއަށް ސްނޯކްލިންއަށް ގޮސްއުޅުނު ޓޫރިސްޓަކު މިއަދު މަރުވެއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިރޭ ވިދާޅުވީ ހެލެނގެލި ރިސޯޓް ކައިރިއަށް ސްނޯކްލިންއަށް ގޮސްއުޅުނު ޓޫރިސްޓަކު މަރުވި ކަމުގެ ރިޕޯޓެއް މިއަދު ހަވީރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. ނަމަވެސް ފަތުރުވެރިޔާގެ މަރުގެ މައްސަލާގެ އިތުރު ތަފްސީލެއް މީޑިއާއާ ހިއްސާ ކުރަން ބޭނުން ނުވާ ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

"ހެލެނގެލި ކަރިއަށް ސްނޯކްލިންއަށް ގޮސްއުޅުނު ފަތުރުވެރިޔަކު މަރުވިކަމުގެ ރިޕޯޓެއް މިއަދު ހަވީރު ލިބިފައިވަނީ. ނަމަވެސް އެ މައްސަލާގެ އިތުރު ތަފްސީލް ފުލުހުން ދޭކަން ބޭނުމެއް ނުވޭ،" އޭނާ ވިދާޅުވި އެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި ހެލެނގެލި ކަރިއަށް ސްނޯކްލިންއަށް ގޮސް އުޅެނިކޮށް މަރުވެފައިވަނީ އުމުރުން 70 މަތީގެ މީހެކެވެ. އެ މީހާއާ ބެހޭ ތަފުސީލު އެ ރިސޯޓުން ވެސް ލިބޭ ގޮތެއް ނުވި އެވެ.