06 Apr 2011, 23:31
ހެންވޭރު ގެއަކުން 10 ފުޅި ބަނގުރަލާއި މަސްތުވާތަކެތި ކަމަށް ބެލެވޭ ޕެކެޓްތަކަކާއެކު ހަތަރު މީހަކު މިރޭ ހައްޔަރުކޮށްފި އެވެ.
މިއަދު އިރުއޮއްސި 6:45 އެހާކަން ހާއިރު ހެންވޭރު ބޯޅަގޭ ކައިރީގައި ހުންނަ ގެއަކުން 10 ފުޅި ބަނގުރަލާއާއި މަސްތުވާތަކެތި ކަމަށް ބެލެވޭ ޕެކެޓްތަކާއެކު ފުލުހުން ހައްޔަރުކޮށްފައި ވަނީ ޒުވާން އުމުރުފުރައިގެ ކުދިންތަކެވެ. ސަން އަށް އެނގިފައިވާ ގޮތުގައި ފުލުހުން ހައްޔަރު ކުރި ހަތަރު މީހުންގެ ތެރެއިން އެއް ކުއްޖަކީ 18 އަހަރު ނުފުރޭ ކުއްޖެކެވެ. ނަމަވެސް ފުލުހުން ހައްޔަރު ކުރި މީހުންގެ ވަނަވަރެއް ހާމައެއް ނުކުރެ އެވެ.
ސަބް އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ޝިޔާމް މިރޭ ވިދާޅުވީ ބަނގުރާ ފުޅިތަކާކާއި މަސްތުވާއެއްޗާއެކު ފަސް ޒުވާނަކު ފުލުހުން އަތުލައިގަތީ ތޫނު ހަތިޔާރު ގެންގުޅޭ މީހުން ހޯދުމަށްޓަކައި މިއަދު ފުލުހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި ކަމަށެވެ.
"ތޫނު އަތިޔާރު ގެންގުޅޭ މީހުން އަތުލައިގަތުމަށްޓަކައި ފުލުހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި އެ މީހުން މިއަދު އަތުލައިގަތީ. އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން މިދަނީ،" އޭނަ ވިދާޅުވި އެވެ.
މަސްތުވާތަކެތި ގެންގުޅުނު ޒުވާނުން އަތުލައިގަތުމަށްޓަކައި ފުލުހުން މިއަދު ހަވީރު 4:00 ފެށިގެން ހެންވޭރުގައި ހަރަކާތެރިވެ އެ މީހުންނަށް ފާރަލަމުން ދިޔަ އެވެ. އަދި އެ މީހުން ދިރިއުޅޭ ގެއެއް ކަމަށް ހީކޮށް ބޯޅަގޭ ކައިރީގައި ހުރި އިތުރު ގެއެއް ފުލުހުން ބަލާ ފާސްކޮށްފައިވެ އެވެ. ފުލުހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަންގައި އެ މީހުން އަތުލައިގަނެވުނީ މިއަދު އިރުއޮއްސުނު ފަހުންނެވެ.