އައްޑޫ ސިޓީގައި ކާރަކުން ޖެހި ގެއެއްގެ ފާރު ވެއްޓިއްޖެ އެވެ.

އެ ހާދިސާގައި ދެމީހަކަށް ހާނީއްކަވެފައިވެ އެވެ. އެއީ ކާރު ދުއްވަން އިން މީހާ އާއި އޭގައި އިން އިތުރު މީހެކެވެ. އެ ދެމީހުންނަކީ ވެސް ދެ ބިދޭސީންނެވެ.

ކާރުން ޖެހި ގެއެއްގެ ފާރު ވެއްޓިފައި --- ފޮޓޯ/ ޕޮލިސް

ފުލުހުން ބުނީ އައްޑޫ ސިޓީ ފޭދޫގައި މިއަދު ހެނދުނު 06:20 ހާއިރު، ބާރު ސްޕީޑެއްގައި ދުއްވާފައި ދިޔަ އެ ކާރުން ޖެހި އެރަށު ގްލޯރީގޭ ފާރު ވެއްޓިފައިވާ އިރު ކާރަށް ވެސް ވަނީ ވަރަށް ބޮޑަތި ގެއްލުންތަކެއް ވެފައި ކަމަށެވެ.

ފުލުހުން ބުނީ އެމައްސަލަ އައްޑޫ ސިޓީ ގަން ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.