މިދިޔަ އަންގާ ދުވަހުން ފެށިގެން އައްޑޫ ސިޓީއަށް ކުރި ވިއްސާރާގައި ފެންބޮޑުވި ރަށްތަކުން ފެން ހިއްކައި ރަށްތައް އާންމު އާލަތައް ގެނެވިފައިވާ ކަމަށް އެމްއެންޑީއެފް އިން ބުނެފި އެވެ.

އައްޑޫ ސިޓީއަށް ކުރި ވިއްސާރާގައި ބައެއް ރަށްތަކުގައި ފެންބޮޑުވެ، ރައްޔިތުންގެ ގެދޮރަށް ފެން ވަދެ ހިފާ ގެންގުޅޭ އެއްޗެއްސަށް ގެއްލުންވި އެވެ. ފެންބޮޑުވުމުގެ ސަބަބުން 42 ގެއަކުން ފެން ހިއްކާފައިވާ ކަމަށް އެމްއެމްޑީއެފުން ބުންޏެވެ.

އެމްއެންޑީއެފުން ބުނީ މިދިޔަ އަންގާރަ ދުވަހުގެ ރެއިން ފެށިގެން އެމްއެންޑީއެފް ސަދަން އޭރިއާ އިން ކުރަމުންދިޔަ މަސައްކަތުގައި ގުޅިފައިވާ ހަތަރު ރަށުގެ އެކި ސަރަހައްދުގައި ޖުމްލަ ހަ ޕަމްޕެއް ބޭނުން ކުރި ކަމަށެވެ.

އައްޑޫ ސިޓީއަށް ކުރި ވިއްސާރައާ ގުޅިގެން ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. އެގޮތުން ބައެއް ގޭގައި ބޭނުންކުރާ އައިސް އަލަމާރި އާއި ބެޑްރޫމާއި ސޯފާފަދަ ދިރިއުޅުމުގައި އެއާނުލައި ނޫޅެވޭފަދަ ތަކެތި ހަލާކުވެފައިވެ އެވެ.