އައިޖީއެމްއެޗްގެ ޑެޕިއުޓީ ޑިރެކްޓާ އޮފް އޮޕަރޭޝަންގެ މަގާމުގައި ހުންނެވި މުހައްމަދު ރިޝްވާން، އެ ހޮސްޕިޓަލްގެ ޑެޕިއުޓީ ސީއީއޯގެ މަގާމަށް އައްޔަން ކުރައްވައިފި އެވެ.

ރިޝްވާނަކީ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމު ފުރުއްވެވި ބޭފުޅެކެވެ. ނަޝީދު ސަރުކާރުގައި އޭނާ އެ މަގާމުން އިސްތިއުފާ ދެއްވީ "އަމިއްލަ މަސައްކަތެއް ފައްޓަވަން" ކަމަށް ވިދާޅުވުމަށްފަހު އެވެ.

ރިޝްވާންއަށް އައިޖީއެމްއެޗްގެ ޑެޕިއުޓީ ސީއީއޯގެ މަގާމު ރައީސް އަބްދުﷲ ޔާމީން ދެއްވިކަން އިއުލާން ކުރެއްވީ ރައީސް އޮފީހުގެ ސްޕޯކްސްޕާސަން އިބްރާހިމް މުއާޒު އަލީ މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ.