ރީފްސައިޑުން ކޮންމެ އަހަރެއްގެ ވެސް ފަހުކޮޅާ ދިމާކޮށް ކުރިއަށް ގެންދާ ޕްރޮމޯޝަން ރީފްސައިޑް އިލެކްޓްރޯނިކްސްގައި މިއަދު ފަށައިފި އެވެ.

ފަރީދީމަގު ލެމަންގްރާސް ކައިރީ ހުންނަ ރީފްސައިޑް އިލެކްޓްރޯނިކްސް ފިހާރައިގައި މިއަދު ފެށި ޕްރޮމޯޝަންގެ ނަމަކީ "އަހަރީ ބޮޑު ސޭލް 2015" އެވެ. އެ ޕްރޮމޯޝަންގެ ދަށުން ރީފްސައިޑް އިލެކްޓްރޯނިކްސް އިން ވިއްކަމުން އަންނަ ވާޕޫލް، ބްލޫސްޓާ، ސޮނީ އަދި ހައިސެންސް ފަދަ މަޝްހޫރު ބްރޭންޑްތަކުގެ ހުރިހާ ސާމާނުން ހާއްސަ ޑިސްކައުންޓެއް ލިބެއެވެ.

ޕްރޮމޯޝަނާ ގުޅޭ މައުލޫމާތު ދެއްވަމުން ރީފްސައިޑްގެ މާކެޓިން އެގްޒެކެޓިވް މުހައްމަދު އަހުސަން ވިދާޅުވީ، ޕްރޮމޯޝަންގެ ލަކީޑްރޯއެއްގެ ގޮތުގައި ތިން އިނާމެއް ހުށަހަޅާފައިވާ ކަމަށެވެ.

ރީފްސައިޑް އިލެކްޓްރޯނިކްސްއިން ފެށި ބޮޑު ސޭލާ ބެހޭ ގޮތުން މީޑިއާއަށް މައުލޫމާ ދެެއްވަނީ-- ސަން ފޮޓޯ/ އަލީ ނަސީރު

އެގޮތުން އެއް ވަނަ އިނާމްގެ ގޮތުގައި 65 އިންޗީގެ ހައިސެންސް ތުރީޑީ ޓީވީއެއް ހުށަހަޅާފައިއިރު، ދެވަނަ އިނާމަކަށް ވާލްޕޫލް ބްރޭންޑުގެ ދެދޮރުލީ އައިސްއަލަމާރިއެއް ދޭން ވަނީ ނިންމާފަ އެވެ. ތިންވަނަ އިނާމެއްގެ ގޮތުގައި ކޯނެލް ބްރޭންޑްގެ އަވަން ޓޯސްޓަރެއް ވަނީ ހުށަހަޅާފަ އެވެ.

ރީފްސައިޑުން މިއަދު ވަނީ ސިންގަޕޫރުގެ މަޝްހޫރު ކޯނެލް ބްރޭންޑްގެ އުފެއްދުންތައް ރާއްޖެއަށް ތައާރަފްކޮށްފަ އެވެ. ކޯނެލް ބްރޭންޑުގެ އުފެއްދުންތަކުގެ ތެރޭގައި އިސްތިރި، ޓޯސްޓަރު، ޕޮޕްއަޕް ޓޯސްޓަރު، މިކްސްޗަރު، ތާމޯޕޮޓް، ރައިސް ކުކާ، އިލެކްޓްރިކް އަވަނު އަދި ގޭސް އުނދުން ފަދަ ބަދިގޭގައި ބޭނުންކުރާ ގިނަ ސާމާނުތައް ހިމެނެ އެވެ.

ރީފްސައިޑުން މިހާރު ވަނީ އަހަރު ނިމޭ ދުވަސްވަރާ ދިމާކޮށް އެ ކުންފުނީގެ ސޮނީ ސެންޓަރުގައި ސޮނީ ބްރޭންޑްގެ ހުރިހާ އުފެއްދުންތަކަށް ހާއްސަކޮށް "ސޮނީ ޑޭސް 2015" ޕްރޮމޯޝަން ވެސް ފަށާފަ އެވެ.

މިއަދު ފެށި ޕްރޮމޯޝަން ވެސް ކުރިއަށް ދާނީ އަންނަ އަހަރު ޖެނުއަރީ މަހުގެ ނިޔަލަށެވެ.