06 Apr 2011, 15:56
"ދި އިސްލާމް" އޮންލައިން ނޫހެއްގެ ގޮތުގައި ރަޖިސްޓްރީކޮށްފި އެވެ.
ދެ ހާސް ނުވަ ވަނަ އަހަރު ރާއްޖޭގައި އޮންލައިން ވެބްސައިޓެއްގެ ގޮތުގައި ފެށި "ދިއިސްލާމް ޑެއިލީ" އިންފޮމޭޝަން މިނިސްޓްރީގައި އޮންލަ އިން ނޫހެއްގެ ގޮތުގައި ރަޖިސްޓްރީކޮށްފައި ވަނީ މިދިޔަ އާދިއްތަ ދުވަހު އެވެ.
ދި އިސްލާމް ވެބްސައިޓްގައި ބުނެފައި ވަނީ އެ ވެބްސައިޓަށް ވަންނަ ކިޔުންތެރިންގެ ނިސްބަތަށް ބަލާލުމުން ވެސް އެވެބްސައިޓް ގިނަ ބަޔަކު ބަލައިގެންފައިވާ ކަން ދޭހަވާ ކަމަށެވެ.
ދި އިސްލާމް ވެބްސައިޓަކީ ކުރިމަގުގައި އިސްލާމީ ހުދޫދުގެ ތެރޭގައި ލިޔުންތައް ގެނެސްދޭ ތަމްރީނު ލިބިފައިވާ ލިޔުންތެރިންގެ އުފެއްދުންތަކާއި، ވަގުތުން ވަގުތަށް ޚަބަރުތައް ގެނެސްދޭ ވެބްސައިޓަކަށް ވާނެ ކަމަށް އެ ވެބްސައިޓުގެ މެނޭންމަންޓުން ބުނެ އެވެ.
ދި އިސްލާމް އޮންލައިނަކީ އިސްލާމީ ޚަބަރާއި މައުލޫމާތު ގެނެސްދިނުމުގެ ގޮތުން ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ އެންމެ ފުރަތަމަ ނޫހެވެ.
ދި އިސްލާމް ވެބްސައިޓް