ދުނިޔޭގެ ޓީޓީ ފެޑްރޭޝަން (އައިޓީޓީއެފް) އާއި އޭޝިއާގެ ޓީޓީ ޔޫނިއަން (އޭޓީޓީޔޫ)އާ ގުޅިގެން ޕާކިސްތާންގެ ކަރާޗީގައި ބާއްވުމަށް ހަމަޖެހިފައިވާ ޓޭބަލްޓެނިސް ޓްރޭނިންގް ޕްރްގްރާމަށް ދާނެ ކުޅުންތެރިން ހޮވައިފި އެވެ.

'ސައުތު އޭޝިއަން ހޯޕްސް ވީކް' ނުވަތަ ދެކުނު އޭޝިއާގެ ކުރިމަގުގެ ޓީޓީގެ އުންމީދު މިނަމުގައި އަންނަ މަހު 27 ން ޖަނަވަރީ ދޭކަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އެއް ހަފުތާގެ އެ ޓްރޭނިން ޕްރްގްރާމަށް އަންހެން އަދި ފިރިހެން ކެޓަގަރީ އިން ވެސް ވަނީ ކުޅުންތެރިން ހޮވައިފަ އެވެ.

ޓޭބަލްޓޭނިސް އެސޯސިއޭޝަންގެ ރައީސް ލަޠީފު ސަން އަށް ވިދާޅުވީ އެ ޓްރޭނިންގް ޕްރޮގްރާމަށް ކުޅުންތެރިން ހޮވާފައި ވަނީ އެކަމަށް ޚާއްސަކޮށް ބޭއްވި ސެލްކްޝަން މެޗްތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދި ކުޅުންތެރިންނެވެ.

ސެލްކްޝަން މެޗްތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދާފައި ވަނީ ތާޖުއްދީން ސްކޫލްގެ އަބްދުﷲ ރިފާއުއާއި އިސްކަންދަރު ސްކޫލްގެ ޒުބާ އަހްމަދު ރިޔާޒެވެ.

ލަޠީފް ވިދާޅުވީ އޭޝއާގެ ޓީޓީ ޔޫނިއަންއިން ހޯޕް ޓްރޭނިންގް ޕްރޮގްރާމް ޚައްސަކޮށްފައި ވަނީ 2004 ވަނަ އަހާއި 2005 ވަނަ އަހަރު އުފަންވެފައިވި ކުޅުންތެރިންނަށެވެ.

މިޕްރްގްރާމަށް ކުޅުންތެރިން ފޮނުވުމުގައި ކުޅުންތެރިންގެ ބެލެނިވެރިންގެ ފަރާތުން ލިބުނު އެހީތެރިކަން ލަޠީފް ފާހަގަ ކުރެއްވި އެވެ.