ކަސްޓަމުގެ އެއްވެސް ޑައިރެކްޓަރޭޓް އަދި އެއްވެސް ސެކްޝަން ޔުނިޓެއްގައި ވެސް ޓީވީއެމް ފިޔަވައި އިތުރު ޗެނަލެއް ނުބެލުމަށް ކޮމިޝަނަރު ޖެނެރަލް އޮފް ކަސްޓަމްސް މުހައްމަދު ޖުނައިދު އަންގަވައިފި އެވެ.

ކޮމިޝަނަރު ޖެނެރަލް އޮފް ކަސްޓަމްސް ޖުނައިދު ސޮއިކުރައްވައި މިއަދު ނެރިފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ގައުމީ ޓީވީޗެނަލް ފިޔަވައި އިތުރު އެހެން ޗެނަލެއް ކަސްޓަމްގެ އެއްވެސް ސެކްޝަނެއްގައި ނޭޅުވުމަށެވެ.

"26 ނޮވެމްބަރު 2015 ވަނަ ދުވަހުން ފެށިގެން ކަސްޓަމަސްގެ އެއްވެސް ޑައިރެކްޓަރޭޓް، ސެކްޝަން، ޔުނިޓެއްގައި ގައުމީ ޓީވީ ޗެނަލް ފިޔަވައި އެއްވެސް އިތުނު ޗެނަލެއް ބެލުމަކީ މަނާ ކަމެއް ކަމުގައި ދެންނެވީމެވެ،" އިއުލާނުގައި ބުނެފައިވެ އެވެ.

ކަސްޓަމްސް އިން ބުނީ އެގޮތަށް ނިންމީ ޓީވީއެމްއަކީ ގައުމީ ޓީވީ ކަމަށް ވުމާއި އޭގެން ހުރިހާ މައުލޫމާތެއް ލިބޭނެ ކަމަށް ކަސްޓަމްސް އަށް ގަބޫލުކުރެވޭތީ ކަމަށެވެ.