26 Nov 2015, 13:38
ސެމީ ފައިނަލްގައި ޓީރެކްސްގެ މައްޗަށް ނުވަ ޕޮއިންޓްގެ ތަފާތަކުން ކާމިޔާބު ހޯދައި ކުޅުދުއްފުށީ ޔޫތު ރެކްރިއޭޝަން ކުލަބު (ކޭވައިއާރްސީ) ގައުމީ ނެޓްބޯޅަ މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފި އެވެ.
މާދަމާ ރޭ ކުޅެން ހަމަޖެހިފައިވާ ފައިނަލްގައި ކޭވައިއާރްސީ ނިކުންނާނީ ގްރޫޕް ސްޓޭޖުގެ ތިން މެޗުން މޮޅުވެ ފައިނަލްގެ ޖާގަ ހޯދާފައިވާ ފިއޮންތި ސްޕޯޓްސް ކުލަބާ ދެކޮޅަށެވެ.
ސޯޝަލް ސެންޓަރުގެ އައުޓްޑޯ ކޯޓްގައި ރޭ ކުޅުނު ސެމީ ފައިނަލް މެޗްގައި ކޭވައިއާރްސީއިން 36 ޕޮއިންޓް ހޯދި އިރު ޓީރެކްސްއަށް ހޯދިފައިވަނީ 27 ޕޮއިންޓެވެ.
ރޭގެ މެޗްގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ކޭވައިއާރްސީގެ އައިމިނަތު ރަބާބް އިބްރާހިމްއެވެ.