ކޮމަންވެލްތު މިނިސްޓީރިއަލް އެކްޝަން ގްރޫޕް (ސީމެގް)ގެ އެޖެންޑާގައި ރާއްޖެ ނުހިމަނަން ނިންމާފައިވާ ކަމަށް ފޮރިން މިނިސްޓްރީން މިއަދު ބުނެފި އެވެ.

މޯލްޓާގައި ކުރިއަށްދާ ކޮމަންވެލްތުގެ ފޮރިން މިނިސްޓަރުންގެ ބައްދަލުވާ ހަވާލާ ދީ ފޮރިން މިނިސްޓްރީން މިރޭ ކުރި ޓްވީޓެއްގައި ބުނެފައި ވަނީ ސީމެގްގެ އެޖެންޑާގައި ރާއްޖެ ނުހިމަނަން ނިންމީ ކޮމަންވެލްތާއެކު ރާއްޖެއިން އެކަށީގެންވާ ގޮތެއްގައި މަސައްކަތްކުރަމުން ދާތީ ކަމަށެވެ.

ސީމެގް އެޖެންޑާގައި ރާއްޖެ ހިމަނައި ރާއްޖެއަށް ގެއްލުންދޭން ކޮމަންވެލްތުގައި ހިމެނޭ ބާރުގަދަ ގައުމުތަކުން މަސައްކަތް ކުރާ ކަމަށް ފޮރިން މިނިސްޓްރީން ކުރިން ވަނީ ތުހުމަތުކޮށްފަ އެވެ. ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވަނީ އެފަދަ މަސައްކަތް ކާމިޔާބުނުވާނެ ކަމަށެވެ.

ސީމެގްގެ އެޖެންޑާގައި ރާއްޖެ ކުރިން ހިމެނީ ރައީސް މުހައްމަދު ނަޝީދުވެ ވެރިކަން 2012 ވަނަ އަހަރު ފެބްރުއަރީ މަހުގެ ހަތް ވަނަ ދުވަހު ބަދަލުވުމާ ގުޅިގެން ވެރިކަން ބަދަލުވި ގޮތާ މެދު އުފެދުނު ނުތަވަނަސްކަމާ ގުޅިގެންނެވެ. އަދި ކޮމަންވެލްތުގެ ވެސް ބައިވެރިވުމާއި އެކު އެ ހާދިސާ ތަހުގީގުކުރުމަށް ފަހު އެޖެންޑާއިން ރާއްޖެ ނެގިއެވެ.