ގައުމީ ނެޓްބޯޅަ މުބާރާތުގެ ފައިނަލަށް ފިއޮންތި ސްޕޯޓްސް ކުލަބު ދަތުރު ކުރިއިރު ސާބަ މުބާރާތުން ކަޓައި ސެމީފައިނަލަށް ޓީރެކްސްއާ ކުޅުދުއްފުށީ ޔޫތު ރެކްރިއޭޝަން ކުލަބު ދަތުރުކޮށްފިއެވެ.

ފިއޮންތި ފައިނަލަށް ދަތުރުކުރީ ގުރޫޕް ސްޓޭޖްގައި އެޓީމު ކުޅުނު ދެ މެޗްވެސް ކާމިޔާބު ކޮންފައިވުމުންނެވެ.

ރޭ މެޗަށް ނިކުތް އިރު ފައިނަލްގެ ޖާގައެއް ކަށަވަރުވެފައިވާ ފިއޮންތި ވަނީ ސާބައާ ވާދަކޮށް 23 ޕޮއިންޓްގެ ބޮޑު ތަފާތަކުން ކާމިޔާބު ކޮށްފައެވެ.

ފިއޮންތި 40 ޕޮއިންޓް ހޯދިއިރު ސާބައަށް ހޯދިފައިވަނީ 17 ޕޮއިންޓެވެ.

ރޭ ގުރޫޕް ސްޓޭޖުގައި ޓިރެކްސްއާ ކޭވައިއާރްސީ ކުޅުނު މެޗް 17 ޕޮއިންޓްގެ ތަފާތަކުން ކާމިޔާބު ކުރީ ކޭވައިއާރްސީއެވެ.

ކޭވައިއާރްސީ 52 ޕޮއިންޓް ހޯދިއިރު ޓީރެކްސްއަށް ހެދިފައިވަނީ 35 ޕޮއިންޓެވެ.

މިދެޓީމް ކުޅޭ ސެމީފައިނަލް މެޗް ފެށޭޏި މިރޭ 8:00 ގައެވެ.

މެޗް އޮންނާނީ ޒުވާނުންގެ މަރުކަޒުގެ އައުޓްޑޯ ކޯޓްގައެވެ.

މުބާރާތުގެ ފައިނަލް މެޗް އޮންނާނީ ހުކުރު ދުވަހުގެ ރޭގައެވެ.