އަންނަ މަހު 23އިން ޖެނުއަރީ ތިނަކަށް އިންޑިއާގެ ޓްރިވެންޓްރަމްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ސުޒުކީ ކަޕުގައި ވާދަކުރާ ދިވެހި ގައުމީ ޓީމުން ބޭނުން ކުރާނެ ޝިޔާރެއް ކަނޑއެޅުމުގެ ފުރުސަތު އެފްއޭއެމުން ހުޅުވާލައިފި އެވެ.

މީޑިއާ ތަކާއެކު މަޝްވަރާ ކުރުމަށްފަހު އެފްއޭއެމުން ވަނީ ތިން ޝިއާރެއް ޝޯޓް ލިސްޓްކޮށްފައެވެ. އެ ތިން ޝިޔާރަކީ

  1. މިފަހަރުވެސް ތައްޓަށް

  2. ފޯރީގައި ތައްޓަށް
  3. އާ އުންމީދަކާއެކު ދިވެހިން ތައްޓަށް

އޮންލައިން މީޑިއާތައް މެދުވެރިކޮށް އެ ޝިޔާރުތަކުގެ ތެރެއިން އެންމެ މަގުބޫލު ޝިޔާރު ކަނޑައެޅުމަށް އޮންލައިން މީޑިއާތަކުން އާންމުނަނަށް ވަނީ ހުޅުވާލާފަ އެވެ. ބައެއް އޮންލައިން މީޑިއާތަކުން ވަނީ އެ ޝިޔާރުތަކާ ގުޅިގެން ޕޯލެއް ހުޅުވާލާފަ އެވެ.

ދެހާސް އަށް ވަނަ އަހަރު މުބަރާތުގެ ޗެމްޕިއަންކަން ރާއްޖެއިން ހޯދިއިރު ރާއްޖެއިން ބޭނުންކޯށްފައިވާ ޝިއާރަކީ 'މީ އަހަރެމެންގެ ފަހަރު' އެވެ.

އިނޑިއާގެ ޓްރެވެންޑަރްމަގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މުބާރާތުގައި ރާއްޖެ ހިމެނެނީ އެންމެ ފަހުގެ ޗެމްޕިއަން އަފްޣާނިސްތާނާއި ބަންގުލަދޭޝް އާއި ބޫޓާނާއެކު ގުރޫޕް ބީގަ އެވެ.

ރާއްޖެ ކުޅޭ މުބާރާތުގެ ފުރަތަމަ މެޗުގައި ޑިސެމްބަރު މަހު 24 ވަނަ ދުވަހު ރާއްޖެއިން ނުކުންނާނީ ބޫޓާނާ ދެކޮޅަށެވެ.