24 Nov 2015, 12:25
މުޅި ހެންވޭރުން މީޑިއާ ނެޓުގެ ޚިދުމަތް ކެނޑިއްޖެ އެވެ.
މީޑިއާ ނެޓުގެ އޮފިޝަލަކު ސަން އަށް ވިދާޅުވީ މުޅި ހެންވޭރުން މީޑިއާ ނެޓުގެ ޚިދުމަތް މެދުކެނޑިފައި ވަނީ ސްޓެލްކޯއިން މަސައްކަތެއް ކުރާތީ ހެންވޭރުގައި ހުރި އެތަނުގެ މަގުމަތީ ފޮށިތަކުން ކަރަންޓު ކެނޑިފައިވާތީ ކަމަށެވެ.
އޮފިޝަލް ވިދާޅުވީ މެންދުރުފަހު 2:00 ގައި މަސައްކަތް ނިމޭނެ ކަމަށް ސްޓެލްކޯ އިން ލަފާކުރާ ކަމަށެވެ.
މާލެއަށް ކޭބަލް ޓީވީގެ ޚިދުމަތްދެމުން އަންނަ ހަމައެކަނި ކުންފުންޏަކީ މީޑިއާ ނެޓެވެ.