24 Nov 2015, 11:39
ލޯކަލްގަވަރމެންޓް އޮތޯރިޓީ (އެލްޖީއޭގެ) ސީއީއޯގެ މަގާމުގައި ހުންނެވި ޑރ. އަހުމަދު ޝުކުރީ މަގާމުން އިސްތިއުފާދެއްވައިފި އެވެ.
އެލްޖީއޭގެ އޮފިޝަލަކު ސަން އަށް ވިދާޅުވީ މީގެ ތިން ދުވަސް ކުރިން ޑރ. ޝުކުރީ އިސްތިއުފާ ހުށަހަޅުއްވާފައިވާ ކަމަށާއި ނަމަވެސް އިސްތިއުފާދެއްވި ސަބަބެއް ނޭނގޭ ކަމަށެވެ.
ޝުކުރީއަށް ގުޅާލުމުން ފޯނަށް ޖަވާބު ނުދެއްވާތީ އިސްތިއުފާދެއްވި ސަބަބު ވަނީ ސާފުވާގޮތް ނުވެފަ އެވެ.
އެލްޖީއޭ އުފެދުނީސުރެ އެ އޮތޯރިޓީގެ ސީއީއޯގެ މަގާމު ފުރުއްވާފައި ވަނީ ޑރ. ޝުކުރީ އެވެ.