24 Nov 2015, 22:59
އެމްޓީވީގެ އެންމެ ބޮޑު މިއުޒިކް އެވޯޑް ޝޯގެ އެންމެ ކާމިޔާބު އާޓިސްޓުގެ އިތުރުން އޭބީސީގެ އެންމެ ބޮޑު އެވޯޑް ޝޯ "އެމެރިކަން މިއުޒިކް އޮވޯޑްސް" (އޭއެމްއޭ)ގެ އެންމެ ކާމިޔާބު އާޓިސްޓަކަށް ޕޮޕް ލަވަ ކިޔުންތެރިޔާ ޓޭލާ ސްވިފްޓް ހޮވިއްޖެ އެވެ.
މިދިޔަ ސެޕްޓެމްބަރު އެމްޓީވީން ބޭއްވި ވީޑިއޯ މިއުޒިކް އެވޯޑްސް (ވީއެމްއޭ) އިން ސްވިފްޓް އަށް ވަނީ ހަތަރު އެވޯޑެއް ލިބިފައެވެ.
އޭއެމްއޭގައި ޓޭލާ ސްވިފްޓަށް ވަނީ އޭނާގެ "ބްލޭންކް ސްޕޭސް" އާއެކު އަހަރުގެ ލަވައިގެ އެވޯޑު ލިބިފަ އެވެ. އަހަރުގެ އެންމެ ކަމުދާ އަލްބަމަކަށް ހޮވިފައިވަނީ އޭނާ މިދިޔަ އަހަރު ނެރުނު އަލްބަމް "1989" އެވެ. އަދި ސްވިފްޓަށް ވަނީ އެޑަލްޓް ކޮންޓެމްޕޮރަރީގެ ކެޓަަގަރީން އަހަރުގެ އެންމެ މަގުބޫލު އާޓިސްޓުގެ އެވޯޑު ލިބިފަ އެވެ.

އަހަރުގެ އެންމެ ޝަރަފުވެރި އެވޯޑް "އާޓިސްޓް އޮފް ދަ އިޔާ" ލިބުނީ ވަން ޑައިރެކްޝަން އަށް--- ފޮޓޯ: ބިލްބޯޑްސް
އަހަރުގެ ގިނަ އެވޯޑުތަކެއް ޓޭލާ ސްވިފްޓަށް ލިބުނު ކަމުގައި ވިޔަަސް އެންމެ ޝަރަފުވެރި އެވޯޑު ލިބިފައިވަނީ "ޕޮޕް – ރޮކް" ބޭންޑު ކަމަށްވާ "ވަން ޑައިރެކްޝަން" އަށެވެ.
އޭއެމްއޭގެ އެންމެ ޝަރަފުވެރި އެވޯޑު ކަމުގައިވާ "އާޓިސްޓް އޮފް ދަ އިޔާ"ގެ އެވޯޑަށް ވަން ޑައިރެކްޝަން އާއެކު 10 ފަރާތެއް ވަނީ ނޯމިނޭޓް ވެފައެވެ. އެގޮތުން އެ އެވޯޑަށް ނޯމިނޭޓްވެފައި ވަނީ ލޫކް ބްރާޔަން އާއި އާރިއާނާ ގްރާންޑޭ އާއި "މަރޫން 5" އާއި ނިކީ މިނާޖް އާއި އެޑް ޝީރާން އެވެ. އޭގެ އިތުރުން ސޭމް ސްމިތު އާއި ޓޭލާ ސްވިފްޓް އާއި މޭގަން ޓްރެއިނާ އަދި "ދަ ވީކެންޑް" ވެސް ވަނީ އެ އެވޯޑަށް ނޯމިނޭޓު ވެފައެވެ.
އިތުރު ކެޓަގަރީތައް:
އެންމެ މަގުބޫލު ފިރިހެން އާޓިސްޓު:
ނިކް ޖޯނަސް
- އެޑް ޝީރަން - އެވޯޑު ލިބުން ފަރާތް
- ސޭމް ސްމިތު
އެންމެ މަގުބޫލު އަންހެން އާޓިސްޓު:
އާރިއާނާ ގްރާންޑޭ - އެވޯޑު ލިބުން ފަރާތް
- ޓޭލާ ސްވިފްޓް
- މޭގަން ޓްރެއިނާ
އެންމެ މަގުބޫލު ޑުއޯ ނުވަތަ ބޭންޑް
"މަރޫން 5"
- "ވަން ޑައިރެކްޝަން" - އެވޯޑު ލިބުން ފަރާތް
- "ވޯކް ދަ މޫން"
އެންމެ މަގުބޫލު ކަންޓްރީ އަންހެން އާޓިސްޓު:
ކެލްސީ ބެލެރީނީ
- މިރާންޑާ ލެމްބާޓް
- ކެރީ އަންޑަވުޑް - އެވޯޑު ލިބުން ފަރާތް
އެންމެ މަގުބޫލު ކަންޓްރީ ފިރިހެން އާޓިސްޓު:
ޖޭސަން އޯލްޑީން
- ލޫކް ބްރާޔަން - އެވޯޑް ލިބުން ފަރާތް
- ސޭމް ހަންޓް
އަހަރުގެ އާ އާޓިސްޓު ނުވަތަ ބްރޭކްއައުޓް އާޓިސްޓު:
ފެޓީ ވެޕް
- ސޭމް ހަންޓް - އެވޯޑް ލިބުން ފަރާތް
- ޓޮވް ލޯ
- "ވޯކް ދަ މޫން"
- "ދަ ވީކެންޑް"