24 Nov 2015, 10:37
ރެއާލް މެޑްރިޑްގެ ހަލުވި ވިންގާ ގެރެތް ބޭލް ރެއާލް މެޑްރިޑް ދޫކޮށް އިނގިރޭސި ޕްރިމިއާ ލީގަށް ބަދަލުވުމުގެ ވިސްނުމެއް ނެތް ކަމަށް އޭނޭ ބުނެފި އެވެ.
އިނގިރޭސި ކްލަބް ޓޮޓެންހަމް އިން 2013 ވަނަ އަހަރު އޭރުގެ ރިކޯޑްފީއެއް ކަމަށްވާ 85 މިލިއަން ޕައުންޑަށް ރެއާލަށް ބަދަލުވި ބޭލް މިހާތަނަށް ލަލީގާގައި ކުޅުނު 65 މެޗުގައި 30 ގޯލް ކާމިޔާބު ކުރި އިރު އޮގަސްޓް މަހުން ފެށިގެން އަދި ބޭލް އަކަށް ގޯލެއް ކާމިޔާބް ކުރެވޭ ގޮތެއް ނުވެ އެވެ.
"އަހަރެން އެންމެ ފުރަތަމަ ކުޅެން ފެށި އިރު، އަމާޒަކީ ކާމިޔާބީ ހާސިލް ކުރެވޭނެ ތަނަކަށް އައުން އެގޮތުން ރެއާލް އަކީ އަހަރެންގެ އުންމީދުތައް ހަގީގަތަކަށް ހަދާދޭނެ ތަން. އަހަރެންނަށް ވަރަށް ކަމުދޭ މި ޓީމް އަހަރެން ރެއާލްގައި މިހުރީ ތަށި ހޯދަން، ލީގް ކާމިޔާބް ކުރަން އަދި ބުރަ މަސަތްކަތް ކޮށްގެން ކާމިޔާބީ ހޯދަން." ބީބީސީ އަށް ދިން އިންޓަވިއުއެއްގައި ބޭލް ބުންޏެވެ.
ޕްރިމިއާ ލީގްގެ މެންޗަސްޓާ ޔުނައިޓެޑުން ބޭލް ހޯދަން އުޅޭ ވާހަކަތައް މިދުވަސް ކޮޅުގައި ވަނީ ސްޕެއިންގެ މީޑިއާގައި ވަރަށް ގަދަވެފަ އެވެ.
ރެއާލް މެޑްރިޑް ދޫކޮށް ޕްރިމިއާ ލީގަށް ބަދަލުވާން އުޅޭ ވާހަކަތައް ދޮގުކޮށް ބޭލް ބުނީ އެކަކަށް ވެސް މުސްތަގްބަލްގައި ވާނޭ ގޮތެއް ނޭނގޭނެ ކަމަށާއި ޕްރިމިއާލީގަށް ބަދަލުވުމުން ނޫނީ އޭނާއަށް އެކަން ގަބޫލު ނުކުރެވޭނޭ ކަމަށެވެ.
ޕްރިމިއާ ލީގްގެ ސައުތެމްޕްޓަން އިން ވާއަތު ބެކެއްގެ ގޮތުގައި ކެރިއަރި ފެށި ބޭލް މިހާރު ކުޅެނީ މެދުތެރެ އަށްށެވެ. އަދި އެންމެ ފަހުން ބާސާ އަތުން ބަލިވި ހިތްދަތި މެޗްގައި އޭނޭ ކުޅެފައިވަނީ ކަނާއަތު ފަޅިންނެވެ.
"އަހަރެން މިދިޔަ ހޫނު މޫސުމުގެ ޓްރާންސާގެ ތެރެއިން ބެނިޓޭޒްއާ (ރެއާލްގެ ކޯޗް) ވާހަކަ ދެއްކިން އަދި ވަރަށް ސާފުކޮށް ބުނިން އަހަރެން ކުޅެން ބޭނުން ވާ ތަން. އަހަރެންނަށް ވަރަށް ހިތްހަމަ ޖެހޭ ސުޓްރައިކަރެއްގެ ފަހަތުން ކުޅެން އެހިސާބުން ވަރަށް ފަސޭހަ ހަމަލާ އުފައްދަން. އަހަރެންނަށް ހީވަނީ އެއީ ކަންނޭންގެ އަހަރެންނަށް އެންމެ ރަނގަޅު މަގާމަކީ." މިސީޒަނަކީ ރަނގަޅު ސީޒަނަކަށް ވެގެން ދާނެ ކަމަށް އުންމީދު ކޮށްގެން ހުރި ބޭލް ބުންޏެވެ.