އިންވެސްޓަރުންނާއި ގައުމުގެ އިސްވެރިންނާ ބައްދަލުކުރެއްވުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ސިންގަޕޫރަށް ވަޑައިގެންފި އެވެ.

މޯދީ ސިންގަޕޫރަށް ވަޑައިގެންނެވުމުން އެގައުމުން މޯދީއަށް މަރުހަބާ ވިދާޅުވީ ސިންގަޕޫރުގެ ރައީސް ޓޯނީ ޓެން ކެންގް ޔަންގް އެވެ. މޯދީ ވަނީ އިއްޔެގެ ވަގުތެއްގައި ސިގަޕޫރުގެ ޕްރިސްޓީޖިއަސްގައި ތަގުރީރުކުރައްވާފަ އެވެ.

މިއަދުގެ ވަގުތެއްގައި ސިންގަޕޫރުގެ ބޮޑުވަޒީރު ލީ ހިސެންގް ލޫންގްއާ ބައްދަލުކުރެއްވުމަށް ވެސް ވަނީ ހަމަ ޖެހިފަ އެވެ. އަދި ގައުމުގެ އިސްވެރިންނާއި އިންވެސްޓަރުންގެ އިތުރުން އެގައުމުގައި ދިރިއުޅުއްވާ އިންޑިއާގެ ރައްޔިތުންނާ ބައްދަލުކުރައްވާނެ ކަމަށް ވެސް އިންޑިއާގެ މީޑިއާތައް ބުނެ އެވެ.

ސިންގަޕޫރުގެ އިކޮނޮމިކް ކޮންވެންޝަންގައި މޯދީ ތަގުރީރުކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

ދާދިފަހުން އިގިރޭސިވިލާތަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި މޯދީ ވަނީ އިނގިރޭސި ރާނީއާ ބައްދަލުކުރައްވާފަ އެވެ. އަދި އިނގިރޭސި ބޮޑުވަޒީރު ޑޭވިޑް ކެމެރީންއާ ބައްދަލުކުރެއްވުމުގެ އިތުރުން އެގައުމުގެ މަޖިލީހުގައި ހާއްސަ ބަސްދީގަތުމެއް ވެސް ވަނީ ދެއްވާފަ އެވެ.