ގައުމީ ވޮލީބޯޅަ ލީގުގައި އިއްޔެ ދިވެހި ސިފައިންގެ ކްލަބް އަތުން ފަހަތުން އަރައި 3-2 ސެޓުން ޕޮލިސް ކްލަބް މޮޅުވެއްޖެ އެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުރިއަށްދާ އެ މުބާރާތުގައި އިއްޔެ ހަވީރު ކުޅުނު މެޗުގެ ފުރަތަމަ ދެ ސެޓު ސިފައިން ގެންދިޔައީ 20-25 އަދި 17-25 އިންނެވެ. އެކަމަކު ޕޮލިސް ވަނީ ތިން ވަނަ ސެޓު 25-19 އިން ކާމިޔާބުކޮށްފަ އެވެ. ޕޮލިސް މެޗު ކާމިޔާބުކުރީ ދެން ކުޅުނު ދެ ސެޓު 25-22 އަދި 15-8 އިން ކާމިޔާބުކޮށްގެނެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމު ހޯދީ ޕޮލިހުގެ މުހައްމަދު ޝާއިން އެވެ.

މުބާރާތުގައި ރޭ ސްޕޯޓްސް ކްލަބް ސިޓީ ވަނީ ގުޑީސް ސްޕޯޓްސް ކްލަބް އަތުން 3-1 ސެޓުން މޮޅުވެފައެވެ.

ފުރަތަމަ ސެޓު 25-21 އިން ގުޑީސް ހޯދާފައިވަނިކޮށް ސިޓީ މޮޅުވީ 22-25، 20-25 އަދި 20-22 އިންނެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ސްޕޯޓްސް ކްލަބު ސިޓީގެ ކަލައިޗެލްވަމް ކަރުޕިއަބްއެވެ.