23 Nov 2015, 12:37
ރާއްޖޭގައި ހިނގާފައިވާ ބޮޑެތި ކާރިސާތަކުގައި ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުން (އެންޑީއެމްސީ) އަމަލުކޮށްފައިވާ ގޮތް ދައްކުވައިދޭ ފޮޓޯ މައުރަޒެއް މިއަދު ހުޅުވައިފި އެވެ.
ނޭޝަނަލް އާޓް ގެލަރީގައި މިއަދު އެ މައުރުޒު ހުޅުވައި ދެއްވީ އެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފެވެ.
އެ މައުރުޒުގައި ވަނީ 300 ފޮޓޯ ބަހައްޓައިފަ އެވެ. އަދި އެ މައުރަޒުގައި 2004 ވަނަ އަހަރުން ފެށިގެން ހިނގާފައި ހުރި އެކިއެކި ކާރިސާތަކުގައި އެންޑީއެމްސީން ކަންތައްތައް ކޮށްފައިވާގޮތް ދައްކުވައިދެ އެވެ. އެ ގޮތުން މި އަހަރުގެ ކުރީ ކޮޅު ލިލީ ގުދަނުގައި އަލިފާން ރޯވި ފޮޓޯތަކާއި ދާދި ފަހުން މާލެ އަށް އެރި އުދައިގެ ފޮޓޯތައް އެ މައުރަޒުގައި ބަހައްޓާފައި އެބަހުއްޓެވެ.
އެންޑީއެމްސީ އިން ބުނީ މައުރުޒުގައި ރެޑް ކްރެސެންޓާއި މީޓިއޮރޮލޮޖިކަލް ސާވިސް އާއި ކެއާ ސޮސައިޓީ އިން ހޯދާފައި ހުރި ފޮޓޯތައް ވެސް ހުންނާނެ ކަމަށެވެ.
މައުރުޒު ހުޅުވާފައި ހުންނާނީ މިއަދާއި މާދަމާގެ ނިޔަލަށެވެ. ގަޑިއަކީ ހެނދުނު 10 އިން ފެށިގެން ރޭގަނޑު 9 ޖަހަންދެކަށެވެ/