23 Nov 2015, 11:53
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ހިމާޔަތްކުރާ ކައުންސިލްގެ މެމްބަރު ކަމަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލައިފި އެވެ.
ޖެންޑާ މިނިސްޓްރީން ކުރި އިއުލާނެއްގައި ވަނީ އެ ކައުންސިލަށް މެމްބަރުން އިންތިޚާބު ކުރަންޖެހެނީ ތިން ދާއިރާއަކުން ކަމަށެވެ. އެއީ ސިއްޙީ ދާއުިރާގައި މަސައްކަތްކުރާ ޑޮކްޓަރުން އިންތިޚާބުކުރާ މެމްބަރަކާއި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްޤުތައް ހިމާޔަތްކުރާ ޖަމްއިއްޔާ ނުވަތަ އެފަދަ މީހުންނަށް ޚިދުމަތްދޭ ޖަމްއިއްޔާތަކުން އިންތިޚާބުކުރާ މެންބަރަކާއި ކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރެއިން އެމީހުން އިންތިޚާބުކުރާ މެންބަރެއް ކަމަށް އެ އިއުލާނުގައި ވެއެވެ.
އެ ކައުންސިލަށް ކުރިމަތިލުމުގެ މުއްދަތު ހަމަވާނީ އަންނަ މަހުގެ ހަވަނަ ދުވަހު އެވެ.
އެ ކައުންސިލްގެ މެމްބަރުންނަށް ދެނީ 5000 ރުފިޔާގެ އެލަވެންސެކެވެ.
އެ ކައުންސިލަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާނޫނުގެ ދަށުން އުފައްކާ ކައުންސިލެކެވެ.