23 Nov 2015, 12:11
ރޮޖާ ފެޑެރާ ބަލިކޮށް، އޭޓީޕީ ވޯލްޑް ޓުއާ ފައިނަލްސްގެ ޗެމްޕިއަންކަން، ސާބިއާގެ ނޮވަކް ޖޮކޮވިޗް ކާމިޔާބުކޮށްފަ އެވެ.
ޖޮކޮވިޗް ފެޑެރާގެ މައްޗަށް ކުރި ހޯދީ ސީދާ ދެ ސެޓުންނެވެ. މި މެޗުގެ ސެޓުތައް ޖޮކޮވިޗް ގެންދިޔައީ، 3-6 އަދި 4-6 އިންނެވެ.
"މިއީ ވަރަށް ފުރިހަމަ އަށް ނިންމާލެވުނު މުބާރާތެއް. މިއީ އަހަރެންގެ ކެރިއަރުގެ އެންމެ ކާމިޔާބު ސީޒަން." މެޗަށް ފަހު ވާހަކަ ދައްކަމުން މުބާރާތް ޖެހިޖެހިގެން ހަތަރު ވަނަ ފަހަރަށް ކާމިޔާބުކުރި، ޖޮކޮވިޗް ބުންޏެވެ.
ޖޮކޮވިޗް ވަނީ މިދިޔަ މަހު ޕްރާންސްގައި އޮތް ޕެރިސް މާސްޓާސް ޓެނިސް މުބާރާތް ވެސް ކާމިޔާބު ކޮށްފަ އެވެ. އެގޮތުން ޖޮކޮވިޗް ވެފައި ވަނީ ޓެނިސް ސީޒަނެއްގައި އޭޓީޕީ ހަ މުބާރާތް ކާމިޔާބުކުރި ފުރަތަމަ ކުޅުންތެރިއާއަށް ވެފަ އެވެ.
ދުނިޔޭގެ އެއް ނަމްބަރު ފިރިހެން ޓެނިސް ކުޅުންތެރިޔާގެ މަގާމުގައި ހުރި ޖޮކޮވިޗް، މިއަހަރު ނިންމާލީ 11 ތައްޓާއެކީގަ އެވެ. އޭގެ ތެރޭގައި ތިން ގްރޭންޑް ސްލޭމް މުބާރާތް ވެސް ހިމެނެ އެވެ.
ޖޮކޮވިޗް އަތުން ބަލިވުމުން ފެޑެރާ މި އަހަރު ނިންމާލީ، ޓެނިހުގެ ރޭންކިންގެ ތިންވަނާގައި އޮވެ އެވެ. ރޭންކިންގެ ދެވަނައިގައި އޮވެ އަހަރު ނިންމާލާނީ، އެންޑީ މުރޭ އެވެ.