23 Nov 2015, 10:24
އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ދައުލަތުން ހުށަހަޅާފައިވާ 27.457 ބިލިއަން ރުފިޔާގެ ބަޖެޓަށް 11 އިސްލާހެއް އިދިކޮޅު އެމްޑީޕީން ހުށަހަޅައިފި އެވެ.
މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ބަޖެޓް ކޮމެޓީން ބަޖެޓު ނިން މިގޮތުގެ ރިޕޯޓު ހުށަހެޅުމާ އެކު ރިޔާސަތުން ވަނީ ރިޕޯޓަށް އިސްލާހު ހުށަހެޅުމަށްހުޅުވާލައިފަ އެވެ. އެ ގޮތަށް ރިޔާސަތުން ހުށަހެޅުމުން އިދިކޮޅު އެމްޑީޕީގެ މެމްބަރުން ވަނީ އިސްލާހު ހުށަހަޅަންފަށައިފަ އެވެ.
އެމްޑީޕީން ހުށަހެޅި ބައެއް އިސްލާހުތައް:
ކޮންޓިންޖެންސީބަޖެޓުން 20 މިލިއަން ރުފިޔާ މަސްވެރިންނަށްދިނުން
- އަންނަ އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއްގައި ނަރުދަމާއަޅާނިންމުން
- ބިދޭސީން އެމީހުންގެ ގައުމަށް ފޮނުވާފައިސާ އިން ތިން ޕަސެންޓް ނުނެގުން
- ކޮންޓިންޖެންސީ ބަޖެޓުން ކަރަންޓް ސަބްސިޑީ އަށް 50 މިލިއަންރުފިޔާ ދިނުން
- ހޯމް މިނިސްޓްރީގެ ބަޖެޓުން 100 މިލިއަން ރުފިޔާ އުނިކޮށް އެކަނިވެރި މައިންނަށްދޭ ފައިސާ 5000 ރުރިޔާ އަށް ބޮޑުކުރުން
- ހޯމް މިނިސްޓްރީގެ ބަޖެޓުން 200 މިލިއަންރުފިޔާ އުނިކޮށް ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށްދޭ ފައިސާ 5000 ރުފިޔާ އަށް ބޮޑުކުރުން.
އެމްޑީޕީން އަންނަ އަހަރުގެ ބަޖެޓަށް ހުށަހަޅާފައިވާ އިސްލާހުތަކަށް މިހާރު ވަނީ ތާއީދު ވެސްލިބިފަ އެވެ.
މިމަހުގެ 19 ވަނަ ދުވަހުގެ ރޭ ބޭއްވި ބަޖެޓް ކޮމިޓީން ވަނީ، ސަރުކާރުން ހުށަހެޅި ގޮތަށް ބަޖެޓް ފާސްކޮށްފަ އެވެ.
ބަޖެޓް ދިރާސާކުރި ކޮމިޓީން ނިންމީ ސަރުކާރުންހުށަހެޅި ގޮތަށް އެއްވެސް ބަދަލެއްނުގެނެސް ފާސްކުރަންފެންނަ ކަމަށެވެ. އެގޮތުން ކޮމިޓީގެ 14 މެމްބަރުންގެ ވޯޓާއެކު ވަނީ ބަޖެޓް ތަޅުމަށް ފޮނުވަން ފާސްކޮށްފަ އެވެ.
މިނިވަން މުއައްސަސާތަކަށް ބަޖެޓް އިތުރުކޮށްދޭން ކޮމިޓީ މަރުހަލާގައި ހުށަހެޅި ނަމަވެސް ކޮމިޓީން ނިންމީ ކޮންޓިޖެންސީ ބަޖެޓުން ސުޕްރީމްކޯޓަށާއި ސިވިލް ކޯޓު އަދި ކްރިމިނަލްކޯޓަށް 20 މިލިއަންރުފިޔާ ހަމަޖެއްސުމަށެވެ.