އިންސާނީ ހައްގުތަކުގެ ދިފާއުގައި މަސައްކަތް ކުރާނެ ކުދިންތަކެއް ބިނާ ކުރުމަށް ކުޑަކުދިންގެ ހިޔާގައި ހަރަކާތެއް ކުރިއަށް ގެންގޮސްފި އެވެ.

ވިލިމާލޭގައި ކުޑަ ކުދިންގެ ހިޔާގައި އިއްޔެ ކުރިއަށް ގެންދިޔަ އެ ހަރަކާތަކީ ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް) އިން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.

އެޗްއާރުސީއެމް އިން ބުނެފައި ވަނީ އިއްޔެ ކުރިއަށް ގެންދިޔަ ހަރަކާތުގައި އިންސާނީ ހައްގުތަކާ ބެހޭ ގޮތުން ކުޑަކުދިންގެ ހިޔާގެ ކުދިންނަށް މައުލޫމާތު ދީފައިވާ ކަމަށެވެ. އޭގެ އިތުރުން އިންސާނީ ހައްގުތަކުގެ ބައެއް ސިފަތައް އެ ކުދިންނަށް އަންގައިދީފައިވާ ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.

ކުޑަ ކުދިންނަށް ކުރާ އަނިޔާއާ ދެކޮޅަށް ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގާ ކުރާ ދުވަހާ ގުޅިގެން ބޭއްވި ހަރަކާތުގައި 80 ކުދިން ބައިވެރިވެފައިވާ ކަމަށް އެޗްެއާރުސީއެމް އިން ބުންޏެވެ.