ފައިނަލްގައި ދުންޔާޒު މުޙައްމަދުގެ މައްޗަށް ކާމިޔާބު ހޯދައި ގައުމީ ޓެންބޯލް މުބާރާތުގެ ޗެމްޕިއަންކަން މުޙައްމަދު ޝަރީފު ހޯދައިފި އެވެ.

މޯލްޑިވްސް ޕޯލް ބިލިއަޑް އެސޯސިއޭޝަން (އެމްޕީބީއޭ) އިންތިޒާމު ކުރި މުބާރާތުގެ ފައިނަލްގައި ދުންޔާޒުގެ މައްޗަށް ޝަރީފު ކާމިޔާބު ހޯދީ ހަތް ފުރޭމު ތިން ފުރޭމުންނެވެ.

ބިލިއަޑްހައުސްގައި ރޭ ކުޅުނު ފައިނަލް މެޗަށް ފަހު ވަނީ މާބާރާތުގެ އެކި މަގާމުތަކަށް އައި ކުޅުންތެރިންނަށް ވަނީ ފައިސާގެ އިނާމާއި ހަނދާނީ ލިޔުން ހަވާލުކޮށްފަ އެވެ. މުބާރާތުގެ އެންމެ އުންމީދި ކުޅުންތެރިޔަކަށް ހޮވުނީ ޔޫސުފް ޒުވައިރެވެ. އަދި މުބާރާތުގެ އެންމެ ތަފާތު ކުޅުމެއް ދެއްކި ކުޅުންތެރިޔަކަށް ހޮވުނީ ޙުސައިން ފަޔާޒެވެ.

ތިރީސް ދެ ކުޅުންތެރިން ވާދަކުރި މުބާރާތުގެ އެންމެ މޮޅު ހަތަރު ކުޅުންތެރިންނަށް ހޮވުނީ އިބްރާހިމް ހަނީފާއި އަހްމަދު ޒިޔާނާއި ހަސަން ޝަފްރާޒް އަދި އަހްސަން ހާޝިމުގެ އިތުރުން ޒުބައިރެވެ.