ގްރޫޕު ހަދައިގެން ބަދުއަހުލާގީ އަމަލު ހިންގަން އުޅުނުކަމުގެ ތުހުމަތުގައި ބަޔަކު ހައްޔަރުކޮށްފި އެވެ.

ހައްޔަރު ކުރި މީހުންގެ ތެރޭގައި ހިމެނެނީ ތައިލެންޑް ދެ އަންހެންނުންނާއި ދިވެހި ފިރިހެނެކެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް އިސްމާއިލް އަލީ މިއަދު ސަން އަށް ވިދާޅުވީ މިދިޔަ ހުކުރު ދުވަހުގެ ރޭ 21:55 ކަންހާއިރު ކޯޓް އަމުރެއްގެ ދަށުން ހުޅުމާލޭ ގެސްޓް ހައުސްއަކަށް ފުލުހުންވަދެ، ބަދުއަހުލާގީ އަމަލު ހިންގަން އުޅުނު ކަމުގެ ތުހުމަތުގައި ބަޔަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

ހައްޔަރު ކުރި މީހުންގެ ތެރެއިން ޓޫރިސްޓް ވިސާގައި ރާއްޖެ އައިސް އުޅުނު އަންހެން މީހާގެ ބަންދަށް 10 ދުވަސް ޖަހާފައިވާ އިރު ތައިލެންޑް އަނެއް އަންހެން މީހާ އާއި ދިވެހި ފިރިހެން މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ ފަސް ދުވަސް ޖަހައިފަ އެވެ.