މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީގެ ނައިބުގެ މަގާމަށާއި މިނިސްޓްރީ އޮފް ޓޫރިޒަމް، އާޓްސް އެންޑް ކަލްޗާގެ ނައިބްގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ މިއަދު ދެ ބޭފުޅަކު އައްޔަން ކުރައްވައިފި އެވެ.

މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޒަރީގެ ނައިބުގެ މަގާމަށް އައްޔަންކުރެއްވީ އައްޑުއަތޮޅު ފޭދޫ ނެސްޕްރޯވިލާ އަހުމަދު އަދްހަމެވެ. އޭނާ މިހާތަނަށް ހުންނެވީ، ދެކުނު ސަރަހައްދުގެ ޤައުމީ އިދާރާގެ ސްޓޭޓް ސެކްރެޓަރީގެ މަގާމުގަ އެވެ.

މީގެއިތުރުން މިނިސްޓަރ އޮފް ޓޫރިޒަމް، އާޓްސް އެންޑް ކަލްޗާގެ ނައިބުގެ މަގާމަށް އައްޔަން ކުރެއްވީ އައްޑުއަތޮޅު ހިތަދޫ ސީވިއު މުހައްމަދު ނަސީރު އެވެ.