21 Apr 2010, 16:15
19:00
ޓެނިސް ކޯޓާއި ކުޅިވަރު އެކުވެންޏާ ދެމެދު އޮންނަ ހުސް ބިން ސާފުކުރުމުގެ ތެރޭގައި ބަނގުރާ ހުސްކުރި ފުޅިތަކެއް ފެނިއްޖެ އެވެ.
ޓެނިސް ކޯޓާއި ކުޅިވަރު އެކުވެންޏާއި ދެމެދު އޮންނަ ހުސްބިން މަސްތުވާތަކެތި ބޭނުން ކުރުން ފަދަ ޢަމަލުތައް ހިންގުމަށް ނިވާފަތްގަޑަކަން ބޭނުންކުރަމުންދާތީ، ފުލުހުންނާ މުނިސިޕަލްޓީން އެސަރަޙައްދު ސާފުކުރުމުގެ ތެރޭގައި ގިނަޢަދަދެއްގެ ބަނގުރާ ހުސްކުރި ފުޅި ތަކެއް ފެނިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ އިއްޔެ އާއި މިއަދު މުނިސިޕަލްޓީން އެ ސަރަޙައްދު އެ ސަރަހައްދު ސާފުކުރީ، މަސްތުވާތަކެތި ބޭނުންކުރުން ފަދަ ޢަމަލުތައް އެތަނުގައި ހިންގުމަށް ނިވާފަތްގަނޑަކަން ބޭނުންކުރާ ގަސްތަކެއް ކޮށައި އަލިކުރުމަށް ކަމަށެވެ. އެއީ ތަފާތު ގުރޫޕްތައް އެ ސަރަޙައްދަށް އެއްވެ، ތަފާތު ކަންތައްތައް ކުރުމަށް ރާވައި، އެތަނުގައި ތިބެ މަސްތުވާތަކެތި ބޭނުންކޮށް ހެދުމާއި، އެސަރަހައްދަށް ކުޅެންދާ ފަރާތްތަކާ ދިމާކޮށް، އުނދަގޫކޮށް ހަދާކަމުގެ ޝަކުވާތައް ފުލުހުންނަށް ލިބެމުން ދިއުމާ ގުޅިގެން ކަމަށް ވެސް ފުލުހުންގެ މީޑިޔާ އޮފިޝަލަކު މިއަދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ސަރަހައްދު ސާފުކުރުމުގެ ތެރޭގައި ބަނގުރާ ހުސްކުރި 10 ވަރަކަށް ފުޅި ފެނިފައިވާ ކަމަށެވެ.