21 Nov 2015, 18:09
ފައިނަލްގައި އިސްދޫ ޓީމްގެ މައްޗަށް 2-1 ގެ ނަޓިޖާއަކުން ކުރިހޯދައި މިނިވަން 50 ޗެމްޕިއަންޝިޕްގެ ލ. އަތޮޅުގެ ޗެމްޕިއަންކަން އެއަތޮޅުގެ ގަމު ޓީމުން ހޯދައިފިއެވެ.
ގަމުގެ ރަސްމީ ފުޓްބޯޅަ ދަނޑުގައި އިއްޔެ ކުޅުނު މެޗްގެ ފުރަތަމަ ހާފުގައި ގަމު ޓީމުންވަނީ އެޓީމުން ޖެހި ދެ ލަނޑު ކާމިޔާބުކޮށްފައެވެ.
އެގޮތުން އެޓީމުގެ ފުރަތަމަ ލަނޑު ކާމިޔާބު ކުރީ މުހައްމަދު ޝަފީއު (އެޓޫ)އެވެ.
ދެ ވަނަ ލަނޑު ކާމިޔާބު ކުރީ މުހައްދު ސާދިގް (އުއްޕް) އެވެ.
މެޗްގައި އިސްދޫ ޓީމުގެ ހަމައެކަނި ލަނޑު ކާމީޔަބު ކުރީ މެޗްގެ އެންމެ ފަހުވަގުތު ކޮޅު ތެރޭގައެވެ.
އެ އަތޮޅުން މުބާރާތުގައި ހަތަރު ޓީމު ވާދަ ކުރިއިރު ޗެމްޕިއަންކަން ހޯދުމުން ގަމު ޓީމް ވަނީ އެ މުބާރާތުގެ ޒޯން ބުރަށް ކޮލިފައިވެފައެވެ.
ޒޯން މެޗްގައި ގަން ބައްދަލު ކުރާނީ ތާ އަތޮޅުގެ ޗެމްޕިއަން ޓީމާއެވެ.